މާތްﷲ މީހަކު މަތިވެރިކުރައްވަން އެދިވޮޑިގަންނަވާނަމަ، އެ މީހެއްގެ ނަން ޤިޔާމަތާ ހަމައަށް ޒިކުރު ދަމަހަށްޓަވަތެވެ! – ޝައިޚް އަބޫ ޚަދީޖާ حفظه الله تعالى
މާތްﷲ މީހަކު މަތިވެރިކުރައްވަން އެދިވޮޑިގަންނަވާނަމަ، އެ މީހަކު ކުރާ ކަމަކުން މާބޮޑު ފަރަގެއް ނާންނާނެއެވެ. މާތްﷲ އެ މީހަކު މަތިވެރިކުރައްވާނެއެވެ.” އިމާމް ބަރްބަހާރީ، رحمه الله ޖަނާޒާގައި ބައިވެރިވީ ކިތައް މީހުންކަން ތިބާއަށް އެނގޭތޯއެވެ؟ އެންމެ މީހެކެވެ. އެއީ ފިއްލަވައިގެން އުޅުއްވަނިކޮށް އަވަހާރަވި ބޭކަލެކެވެ. އެއީ އޭނާ ހައްޔަރުކުރަން އަމުރު ނެރެފައި އޮތީމައެވެ. އެ ޒަމާނުގެ ވެރިންގެ ތެރެއިން މީހަކު، ބިދުޢަވެރިންގެ ބަޔަކާ ގުޅިގެން އުޅުނީމައެވެ. އެއީ ކުއްލާބިއްޔާއިންނާއި މުޢުތަޒިލާއިންގެ ތެރެއިން ބައެކެވެ. އެމީހުން އެބޭފުޅާ ހައްޔަރުކުރަން އަމުރު ނެރުނީމަ، އެ ބޭފުޅާ ފިއްލަވައިގެން އުޅުއްވީއެވެ.
ފަހުން އެ ބޭފުޅާ އަވަހާރަވީ، رحمه الله ފިއްލަވައިގެން އުޅުއްވަނިކަނިކޮށެވެ. އެންމެ މީހަކު، އެބޭފުޅާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު ކިތައް މީހުންނަށް އެ ނަން އެނގޭތޯއެވެ؟ އެ ބޭފުޅާއެކު އޭރު އެކަކުވެސް ނެތަސް، އެއްވެސް ބާރެއް ނެތަސް، އެއްވެސް ވެރިކަމެއް ނެތަސް، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ ބޭފުޅާގެ ނަންފުޅު ޤިޔާމަތާ ހަމައަށް، މިއަދާ ހަމައަށްވެސް މަތިވެރިކޮށް ބަހައްޓަވާފައިވެއެވެ.”
– ޝައިޚް އަބޫ ޚަދީޖާ حفظه الله تعالى

