14, Aug 2025
ކައިވެނިކުރުމާ އެއްވަރު އެހެން އެއްޗެއް ނެތެވެ! ނާކާމިޔާބު ކައިވެނިތަކުގެ ސަބަބުން ރަނގަޅު ކައިވެއްޏަކަށް ތިބާ ބިރުނުގަންނާށެވެ! – ޝައިޚް އަބޫ ޚަދީޖާ حفظه الله تعالى

ސުވާލު: ފައިސާގެ ދަތިކަމާއި އަދި ނާކާމިޔާބު ކައިވެނިތަކުގެ ވާހަކަތައައް އަޑުއިވުމުގެ ސަބަބުން އަދި ކައިވެނިކޮށްގެން ތިބޭ އަޚުން އެމީހުންގެ ކައިވެނިތަކާ ބެހޭގޮތުން ކުރާ ޝަކުވާތައް އަޑުއިވުމުގެ ސަބަބުން ކައިވެނިކުރުމާމެދު ފަސްޖެހިފައިވާ މީހަކަށް ތިބާގެ ނަސޭހަތަކީ ކޮބައިތޯ؟

ޖަވާބު: އޭ އަޚާއެވެ! އެފަދަ ފިރިހެނުންގެ ވާހަކަތަކަށް ކަންފަތް ނުދޭށެވެ! ކައިވެނިކުރުމާ އެއްވަރު އެހެން އެއްޗެއް ނެތެވެ. ކައިވެނިކޮށްގެން ހުރި މީހަކާ ސުވާލުކުރާށެވެ. މި މުޖުތަމަޢުގައި ކައިވެނި ނުކޮށް އެކަނި ތިބާއަށް ހިނގާބިނގާވެ އުޅެވޭނީ ކިހިނެއްތޯއެވެ؟ ތިބާ ބުނަނީ ބިރުވެރި ވާހަކަތައް އަޑުއިވިފައިވާތީ ތިމަންނަ ކުޑަކޮށް ފަސްޖެހިފައިވާ ކަމަށެވެ. ރަނގަޅު ޞޯލިޙު އަންހެނަކާ ކައިވެނިކުރާށެވެ.

މި މުޖުތަމަޢުގައި ކައިވެނި ނުކޮށް ތިބާއަށް ދިރިއުޅެވޭނީ ކިހިނެއްތޯއެވެ؟ އަދި މި ހުރިހާ އެލްޖީބީޓީކިއު ކަހަލަ ރެއިންބޯ ކަންތައްތައް ހިނގަމުންދާއިރު ވެސް ހެއްޔެވެ.

ކައިވެނިކުރާށެވެ.
ތިބާގެ އަނބިމީހާއަށް ލޯބިވާށެވެ.
ތިބާގެ އަނބިމީހާ ތިބާއަށް ލޯބިވާނެތެވެ.
ވީހާވެސް ގިނައިން ދަރިން ހޯދާށެވެ.
ދަރިން ހޯދުން ހުއްޓާނުލާށެވެ.
ތިބާގެ ދަރިން ބޮޑުވުމުން، އެމީހުންނަށްވެސް ވީހާވެސް ގިނައިން ދަރިން ހޯދުމަށް ބުނާށެވެ.

މިއީ އަހަރެމެން ދިރިއުޅޭ ގޮތެވެ. ފަޤީރުވުމަށް ބިރުނުގަންނާށެވެ. ﷲ ރިޒުޤު ދެއްވާނެއެވެ. ތިބާގެ ދަރިންނާމެދު ރަނގަޅަށް ކަންތައް ކުރާށެވެ. އެމީހުންނަށް އިސްލާމީ ތަރުބިއްޔަތު ދޭށެވެ.

އެހެން މީހުން ވަރިވާތީ ތިބާ ކައިވެނި ނުކުރާނީ ހެއްޔެވެ؟
އޭނާ އޭނާގެ އަނބިމީހާއާ ޖަދަލުކުރާތީ ތިބާ ކައިވެނި ނުކުރާނީ ހެއްޔެވެ؟.

ތިބާ އޭނާގެ އަނބިމީހާއާ ކައިވެނިކުރާކަށް ނޫޅެއެވެ. އިންޝާﷲ، ތިބާގެ އަނބިމީހާ ތިބާއާ ޖަދަލެއް ނުކުރާނެއެވެ.

އޭނާގެ އަނބިމީހާ އޭނާއާ ޖަދަލުކުރާނަމަ، އެއީ އޭނާގެ މައްސަލައެކެވެ. ﷲ އޭނާއަށް އެހީތެރިވެވޮޑިގެންނެވުން އެދެމެވެ. އެހެންނަމަވެސް، ޙަޤީޤަތުގައި އެއީ އޭނާގެ މައްސަލައެކެވެ. އެއީ ތިބާގެ މައްސަލައެއް ނޫނެވެ. އެހެންވީމާ، ފަސް މީހުން އެމީހުންގެ އަނބީންނާ ޖަދަލުކުރާތީ ތިމަންނަ ކައިވެނި ނުކުރާނަމޭ ބުނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ އެމީހުންގެ އަނބީންނެވެ. އިންޝާﷲ، ތިބާގެ އަނބިމީހާ އެމީހުންނަށްވުރެ މާ ރަނގަޅުވާނެއެވެ. ފަހަރެއްގައި އެމީހުންނަށް އެފަދަ އަންބަކު އޭނާއަށް ހައްޤުވެގެންވެއެވެ. (އޭނާގެ ގޯސްކަމުންނެވެ.)

އެމީހުން އަމިއްލަ އަނބިމީހުންނާ ބެހޭގޮތުން ޣީބަބުނެ ތިބާއަށް ކިޔައިދެނީ ކީއްވެގެންތޯއެވެ؟ ތިބާއަށް އެމީހުންގެ އަނބިމީހުންނާ ބެހޭގޮތުން ކިޔައިދޭން ޖެހެނީ ކީއްވެގެންތޯއެވެ؟ ގޮސް އެކަން ރަނގަޅުކުރާށެވެ. އޭ އަޚާއެވެ! ކައިވެނިކުރާށެވެ. އެއާ އެއްވަރު އެހެން އެއްޗެއް ނެތެވެ.”

Sorry, no related posts found.