އިންޓަރނެޓުގައި ހަރަކާތްތެރިވާ އަޙްމަދު މޫސާ ޖިބްރީލް ފަދަ ޚަވާރިޖުންގެ ތަކްފީރީ-ޖިހާދީ އައިސިސް އަދި އަލްޤައިދާގެ ރެކްރޫޓަރުންނާ މެދު ސަމާލުވެލައްވާ! – ޝައިޚް ޙަސަން އައްސޯމާލީ حفظه الله تعالى
“މިއީ ޒުވާނުންނަށް ވަރަށް މުހިންމު އަނެއް ކަމެވެ. ތަކްފީރީންނާ ދޭތެރޭ ވަރަށް ބޮޑަށް ސަމާލުވާށެވެ. ﷲގަންދީ ހުވާކޮށް ބުނަމެވެ. 9/11 ގެ ފަހުން ވީ ގޮތަށް އަނެއްކާވެސް ވެދާނެތީ އަހަރެމެން ބިރުގަނެ އެވެ.
ގޭގައި އިށީންދެތިބެ ޒުވާނުން ހަރުކަށި ތަކްފީރީ ޚާރިޖީ ޚިޔާލުތަކަށް އަހުލުވެރިކުރުވަން މަސައްކަތްކުރާ މީހުން ފެންނާނެ އެވެ. އެމެރިކާގައި ނޫނީ ޔޫރަޕުގައި އިށީންދެތިބެ ތިބާއަށް ސީރިޔާއަށް ދާން ބުނާ ކޮންމެ މީހަކާމެދު، ﷲގަންދީ ހުވާކޮށް ބުނަން، އަހަރެމެން ޝައްކުކުރަން ޖެހެއެވެ. ކީއްވެ؟
އެއީ ޚަވާރިޖުން ބާޠިލުގެ މަތީގައި ތިބޭކަން އަހަރެމެންނަށް އެނގޭތީއެވެ. އެހެންނަމަވެސް އެމީހުން ތެދުވެރިނަމަ، އެމީހުން ކުރިއަށް ނުކުމެ މަގުދައްކައިދޭނެއެވެ. އެމީހުން ގޭގައި އިށީނދެ، ކައިބޮއެ ބޮއެ ހަދަން ނުތިބީސް ހެއްޔެވެ.
والعياذ بالله މިހާރު އޭނާ ބަލަމުން މިދަނީ، ފަހަރެއްގައި ޓީވީ ނޫނީ ޚަބަރު ބަލަމުން، ތިބާ ހަލާކުވާން މަރުވާން ފޮނުވަމުންދާ މަންޒަރެވެ. ނޫނީ، ތިބާ މަރުނުވިޔަސް، ޖަލަށް ލެވުމެވެ..
ﷲގަންދީ ހުވާކޮށް ބުނަމެވެ! މައިންބަފައިން ތިޔަބައިމީހުންގެ ދަރިން ބަލަހައްޓާށެވެ. އެއީ މިކަހަލަ މީހުން އިންޓަނެޓުގައި އުޅޭތީ އެވެ. އަދި އަހަރެން އެމީހުންގެ ބައެއް ނަންތައް ކިޔައިދޭނަމެވެ. އޭގެ ތެރެއިން އެކަކު މުހާޖިރުންހެން ވަމުންދަނީ ހައްދުފަހަނައަޅާފައިވާ ގްރޫޕުތަކަށް މީހުން ފޮނުވާ މީހަކަށެވެ. އޭނާއަކީ ޚަވާރިޖުންގެ ތެރެއިން މީހެއް، އަޙްމަދު ޖިބްރީލް އެވެ.
އޭނާއަށް ތާއީދުކުރާ އެއްވެސް މީހަކު ތިބާއަށް ފެނިއްޖެއްޔާ، އެމީހުންނަކީ ޚަވާރިޖުންގެ މަޒުހަބުގެ މީހުންކަން ދަންނާށެވެ. އަޙްމަދު ޖިބްރީލްއަކީ، އަހަރެން ހިތުން ޑިއަރބޯން، މިޝިގަންގައި ގޮނޑީގައި އިށީނދެ އިނދެ، ތިޔަބައިމީހުންގެ ދަރިންނަށް ހަލާކާއި އާޚިރަތުގައި ހިތާމައާއި ދުނިޔޭގައި ގެއްލުމާއި ނުރައްކާ ނޫން އެހެން އެއްޗެއް ނުގެނެސްދޭނެ ކަންތައްތަކުގައި ބައިވެރިވާން ބުނާ މީހެކެވެ. އަދި އެމީހުން ﷲގެ އަމުރުފުޅުތަކާ ޚިލާފުވެއްޖެއްޔާ އެމީހުންނަށް ލިބޭނީ ގެއްލުމާއި ހަލާކެވެ. ﷲ ތިޔަބައިމީހުންނަށް ބަރަކާތް ލައްވާށި.”
- ޝައިޚް ޙަސަން އައްސޯމާލީ حفظه الله تعالى

ހަރުކަށި ފިކުރު ތަކްފީރީ ޖިބްރީލް އިސްބާލް

