ރާފިޟާއިން

މުޝްރިކު ދާނިއަލް ޙަޤީޤަތުޖޫ، ޔަމަނުގެ މުޝްރިކުން ކަމުގައިވާ ޙޫޘީ ރަވާފިޟުން އިސްވެ މައްކާ ފުނޑާލަން އިޝާރާތްކޮށް ގޮވާލައިފި

3 މިނިޓު 14 ބެލި

މި ޒަމާނުގައި ސުންނަތަށް ނިސްބަތްވާކަމަށް ދަޢުވާކޮށް، ނަމަވެސް ސަލަފުއްޞާލިޙުންގެ މަންހަޖާ ދިމާ އިދިކޮޅަށް މަސައްކަތްކުރާ އެތައް ބަޔަކު ފެންނަމުންދެއެވެ. މީގެ ތެރެއިން އެކަކީ ސުންނަތާއި ސުންނަތުގެ އަހުލުވެރިންގެ ޢަދުއްވު ކަމުގައިވާ، މަގުފުރެދިފައިވާ ބިދުޢަވެރިޔާ މުޝްރިކު މުރޖީ ރާފިޟީ ދާނިއަލް ޙަޤީޤަތުޖޫއެވެ. އޭނާ ދާދި ފަހުން ވަނީ، އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިމަށް ހަމަލާދިނުމަށް ޔަމަނުގެ ރަވާފިޟު ޝީޢީންގެ ތެރެއިންވާ ޙޫޘީންނަށް ގޮވާލައި، އޭނާގެ ހިތުގައި އިސްލާމްދީނާއި ޙައްޤު މަގުގައި ތިބި މުސްލިމުންނާމެދު އޮތް ނަފްރަތު ފާޅުކޮށްފައެވެ.

މައްކާގެ މަސްޖިދުލްޙަރާމް ކައިރީގައިވާ ގަޑިބުރު ހިމެނޭ ޢިމާރާތުގެ ފޮޓޯއެއް މީސްމީޑިއާގައި އާންމުކޮށް، “މި ތަން ފުނޑާލުމަށް” އޭނާ ވަނީ ޔަމަނުގެ ޙޫޘީންގެ ކިބައިން އެދިފައެވެ. މިއީ މައްކާގެ މުޤައްދަސް ބިމުގެ ޙުރުމަތްކަނޑައި، ގެފުޅުގެ ވަށައިގެންވާ ޢިމާރާތްތަކަށް ބޮމުގެ ޙަމަލާދީ އެތަންތަން ފުނޑުފުނޑުކޮށްލުމަށް ދެވުނު ނުރައްކާތެރި ދަޢުވަތެކެވެ.

މައްކާގެ މާތްކަމާއި ޙުރުމަތްތެރިކަން

މައްކާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުރުމަތްތެރިކުރައްވާފައިވާ އަމާންކަމުގެ ރަށެވެ. އެ ރަށުގެ ޙުރުމަތްކަނޑައި، އެތަނަށް ގެއްލުމެއް ދިނުމަށް އެދޭނީ ނަފްރަތުން ފުރިގެންވާ ނުބައި ހިތަކާއި، ނަޖިސްވެގެންވާ ނަފްސެއްގެ ވެރިއެކެވެ. ﷲ ވަޙީކުރެއްވިއެވެ.

﴿لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ﴾ “ތިމަންރަސްކަލާނގެ މި ރަށުން (އެބަހީ: މައްކާއިން) ގަންދެއްވަމެވެ.” (އަލްބަލަދު: 1)

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

﴿وَهَٰذَا ٱلْبَلَدِ ٱلْأَمِينِ﴾ “އަދި އަމާންކަން ލިބިގެންވާ މި ރަށުން (އެބަހީ: މައްކާއިން) ގަންދެއްވަމެވެ.” (އައްތީން: 3)

މައްކާއާއި މަސްޖިދުލްޙަރާމްގެ ސަރަޙައްދުގައި ނުބައިކަމެއް ކުރުމަށް ހަމައެކަނި ހިތުން ގަސްތުކުރި ކަމުގައިވިޔަސް، އެމީހަކަށް ގަދަފަދަވެގެންވާ ޢަޛާބު ހުރިކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ:

﴿وَمَن يُرِدْ فِيهِ بِإِلْحَادٍۭ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ﴾ “އަދި އެތާނގައި ނުބައި ޢަމަލުތަކަށް ލެނބިގަންނަ، ނުވަތަ ގޯސްކަމެއް ކުރުމަށް ގަސްތުކުރާ ކޮންމެ މީހަކަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުގެ ރަހަ ދައްކަވާހުށީމެވެ.” (އަލްޙައްޖު: 25)

އޭގެ ސަރަޙައްދުގެ އެތެރޭގައި ހުރެގެން ކަމުގައިވިޔަސް، ނުވަތަ ދުރުގައި ހުރެގެން އޭގެ އެތެރޭގައި ނުބައިކަމެއް ކުރުމަށް ގަސްތުކުރުން ކަމުގައިވިޔަސް، ﷲ ގެ ކިބައިން ޢަޛާބު އައުމަށް އެކަން ފުދެއެވެ.

ރަވާފިޟުންނާއި ބިދުޢަވެރިންގެ ގުޅުން

ޔަމަނުގެ ޙޫޘީންނަކީ ޞަޙާބީންނަށް ލަޢުނަތްދީ، ސުންނަތަށް ފުރައްސާރަކުރާ ރަވާފިޟުންނެވެ. އެބައިމީހުންގެ ތާރީޚަށް ބަލާއިރު، މައްކާއަށް މިސައިލް ޙަމަލާތައް ދިނުމަކީ އެމީހުން ކޮށްފައިވާ އަދި ކުރަން ފަސްނުޖެހޭނެ ބޮޑުވެގެންވާ ޖަރީމާއެކެވެ. މިފަދަ ބަޔަކާ ގުޅި، މައްކާގެ ޢިމާރާތްތަކަށް ބޮމުގެ ޙަމަލާދިނުމަށް ޙަޤީޤަތުޖޫ ފަދަ މީހަކު ގޮވާލުމަކީ އޭނާގެ މަންހަޖުގެ ނުބައިކަމާއި، ސުންނަތުގެ އަހުލުވެރިންނަށް އޭނާގެ ހިތުގައި އޮތް ޙަސަދަވެރިކަން ހާމަވެގެންދާ ކަމެކެވެ. މިއީ އިސްލާމްދީނުގެ ޢަދުއްވުންގެ ކިބައިން، އަދި ސުންނަތާއި ޞަޙާބީންގެ ދުޝްމަނުންގެ ކިބައިން މެނުވީ ފެންނާނެ ސިފައެއް ނޫނެވެ.

ޚުލާޞާ

މުސްލިމުން މިފަދަ ފިތުނަވެރިންނާމެދު އިންތިހާއަށް ސަމާލުވާންޖެހެއެވެ. ދީނުގެ ނަމުގައި ވާހަކަދެއްކި ކަމުގައިވިޔަސް، މީނާގެ ޢަމަލުތަކުން ސާބިތުކޮށްދެނީ މީނާއަކީ އިސްލާމްދީނާއި ސަލަފުންގެ ޞައްޙަ މަންހަޖާ އެއްވެސް ގުޅުމެއް ނެތް މަގުފުރެދިފައިވާ މީހެއްކަމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ، މުޝްރިކުންގެ ލަޝްކަރު ނިކަމެތިކުރައްވައި، މައްކާއާއި މަދީނާ އަދި މުސްލިމުންގެ މުޤައްދަސް ބިންތައް ރައްކާތެރިކުރައްވާށިއެވެ! އާމީން.

ޝެއިޚް އަބޫ ޚަދީޖާ

“ސުންނަތުގެ ޢަދުއްވު ޙަޤީޤަތުޖޫ

ސުންނަތާއި ސުންނަތުގެ އަހުލުވެރިންގެ ޢަދުއްވު، މަގުފުރެދިފައިވާ ބިދުޢަވެރިޔާ ދާނިއަލް ޙަޤީޤަތުޖޫ ވަނީ، މުޤައްދަސްވެގެންވާ މައްކާއަށް ބޮމުގެ ޙަމަލާދީ، ގެފުޅުގެ ވަށައިގެންވާ ޢިމާރާތްތައް ފުނޑުފުނޑުކޮށްލުމަށް ޔަމަނުގެ ރަވާފިޟު ޝީޢީންގެ ތެރެއިންވާ އޭނާގެ ބައިވެރިންނަށް (ޙޫޘީންނަށް) ގޮވާލާފައެވެ. ނަފްރަތުން ފުރިގެންވާ ނުބައި ހިތަކާއި، ނަޖިސްވެގެންވާ ނަފްސެއް މެނުވީ، އިސްލާމްދީނުގެ މި ޢަދުއްވުންގެ ކިބައިން، އަދި ސުންނަތާއި ޞަޙާބީންގެ ދުޝްމަނުންގެ ކިބައިން މިފަދަ ނުބައިވެގެންވާ ޢަމަލަކަށް ނޭދޭނެއެވެ. ﷲ ވަޙީކުރެއްވިއެވެ: “ތިމަންރަސްކަލާނގެ މި ރަށުން (އެބަހީ: މައްކާއިން) ގަންދެއްވަމެވެ.” (އަލްބަލަދު: 1) އިބްނު ކަޘީރު (رحمه الله) ވިދާޅުވިއެވެ. “މިއީ މައްކާ – ރަށްތަކުގެ މައިރަށް – ގަންދެއްވައި ﷲ ކުރައްވާފައިވާ ހުވައެކެވެ. އެހެނީ، އެރަށުގައި ދިރިއުޅުމަކީ، އެރަށުގެ މަތިވެރިކަން އަންގައިދޭ ޙާލަތެއްގައި މީހާ ލައްވާކަމެކެވެ. އެތަނުގައި މީސްތަކުން ތިބެނީ އިޙްރާމް ބަނދެގެން، ޙުރުމަތްތެރިކަމެއްގެ ތެރޭގައެވެ. ﷲ ވަޙީކުރެއްވިއެވެ: ‘އަދި އަމާންކަން ލިބިގެންވާ މި ރަށުން (އެބަހީ: މައްކާއިން) ގަންދެއްވަމެވެ.’ (އައްތީން: 3)” އަދި ހަމައެފަދައިން، މަސްޖިދުލްޙަރާމްއާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ. “އަދި އެތާނގައި ނުބައި ޢަމަލުތަކަށް ލެނބިގަންނަ، ނުވަތަ ގޯސްކަމެއް ކުރުމަށް ގަސްތުކުރާ ކޮންމެ މީހަކަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުގެ ރަހަ ދައްކަވާހުށީމެވެ.” (އަލްޙައްޖު: 25) އޭގެ ސަރަޙައްދުގެ އެތެރޭގައި ހުރެގެން ކަމުގައިވިޔަސް، ނުވަތަ ދުރުގައި ހުރެގެން އޭގެ އެތެރޭގައި ނުބައިކަމެއް ކުރުމަށް ގަސްތުކުރުން ކަމުގައިވިޔަސް، ﷲ ގެ ކިބައިން ޢަޛާބު އައުމަށް އެކަން ފުދެއެވެ.”

މި ލިޔުން ޙިއްޞާކުރައްވާ