މިއަދު ގިނަ ބަޔަކަށް ރާފިޟީންގެ (ޝީޢީންގެ) ނުބައިކަމާއި އެބައިމީހުންގެ ޙަޤީޤަތް ވަނީ އޮޅިފައެވެ. އެމީހުން އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ފާޅުގައި ކުރާކަމަށް ދަޢުވާކުރާ ހަނގުރާމަތަކާއި ދައްކާ ފޮނި ވާހަކަތަކަށް ހެއްލި، އެއީ އިސްލާމީ އުއްމަތުގެ ޙައްޤުގައި މަސައްކަތްކުރާ ބައެއްކަމަށް ބައެއް މީހުންނަށް ހީވެފައިވެއެވެ. ނަމަވެސް ޙަޤީޤަތަކީ، އެބައިމީހުންނަކީ އިސްލާމްދީނުގެ ޢަދާވާތްތެރިންނަށް މަދަދުދީ، ޞައްޙަ އިސްލާމްދީނާއި މުސްލިމުން ނައްތައިލުމަށް މަސައްކަތްކުރާ ބައެއްކަމެވެ. އެބައިމީހުންނަކީ މުސްލިމުންނަށް ހެޔޮއެދޭ ބައެއްކަމަށް ހެދިގެން އުޅޭ މުނާފިޤުންތަކެކެވެ.
ތާރީޚަށް ބަލާއިރު، ޢަލީ رضي الله عنه ގެ ދަރިކަލުން ޙަސަން އަދި ޙުސައިން رضي الله عنهما އަށް ދޮގު އުންމީދުތަކެއްދީ، އެބޭކަލުންނަށް ޚިޔާނާތްތެރިވެ، ޙުސައިން رضي الله عنه ޝަހީދުކޮށްލުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިނީވެސް ހަމަ މިބައިމީހުންނެވެ. މި ޒަމާނަށް ބަލާއިރު، ސޫރިޔާގައި އެތައް ލައްކަ ސުންނީ މުސްލިމުންނެއް ޤަތުލުކުރުމުގައި އީރާނުގެ ރާފިޟީން ވަނީ އެހީތެރިވެފައެވެ. އަދި ޢިރާޤުގައި ޝީޢީ ރާފިޟީންގެ ބާރު ގަދަކުރުމަށްޓަކައި، ޞައްދާމުގެ ވެރިކަން ވައްޓައިލުމުގައި އެމެރިކާއަށް އެންމެ ބޮޑަށް އެހީތެރިވީވެސް ހަމަ އެބައިމީހުންނެވެ. ހަމައެފަދައިން، ޣައްޒާގެ މުސްލިމުންނަށް އެހީތެރިވާކަމަށް ދައްކައިގެން އާންމު މުސްލިމުންގެ ކުރިމަތީގައި ރީތި ނަމެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެބައިމީހުންގެ ބޭނުމަކީ ފުރުޞަތެއް ލިބޭއިރަށް މުސްލިމުންގެ ބުރަކައްޓަށް ވަޅިޖެހުމެވެ.
ލުބުނާނާއި ޔަމަނު ފަދަ ޤައުމުތަކުގައި އެބައިމީހުން ޓެރަރިސްޓު ޖަމާޢަތްތައް ހަދައިގެން އުޅެނީ، އެ ޤައުމުތަކުގެ މައްޗަށް ވެރިވެގަނެ، އެބައިމީހުންގެ ކުފުރު ފެތުރުމަށެވެ. އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އެމީހުން ފާޅުގައި މޮޅެތި ވާހަކަތައް ދެއްކި ނަމަވެސް، އެއީ ފާޅުވެގެންވާ މުނާފިޤުކަމެކެވެ. މާޒީގައްޔާއި އަދި މިހާރުވެސް އެބައިމީހުން ދަނީ ސިއްރިޔާތުގައި މޭޒުދަށުން ކާފިރުންނާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ. އެބައިމީހުން ބޭނުންވަނީ ސުންނީ މުސްލިމް ޤައުމުތަކުގެ ހަމަޖެހުން ނަގައިލައި، އެ ބިންތަކުގައި އެބައިމީހުންގެ ކުފުރު ޤާއިމުކުރުމަށެވެ.
މިކަންކަމަކީ މިއަދަކު ނުވަތަ އިއްޔެއަކު ފެށިގެން އުޅޭ ކަންކަމެއް ނޫނެވެ. ރާފިޟީންގެ މި ނުރައްކާތެރި ޙަޤީޤަތާއި، ތާރީޚީ ގޮތުން ކާފިރުންނަށް އެބައިމީހުން ވެދީފައިވާ އެހީތެރިކަމާ ގުޅޭގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ލިޔުއްވުންތަކަށް ބަލައިލުން މުހިންމެވެ. އެ ޢިލްމުވެރިޔާ ލިޔުއްވާފައިވެއެވެ:
1. ރާފިޟީން އަޞްލީ ކާފިރުންނަށް ލޯބިކުރުމާއި އެހީތެރިވުން
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“އަދި އެބައިމީހުންގެ (އެބަހީ: ރާފިޟީންގެ) ތެރެއިން ގިނަ މީހުން، މުސްލިމުންދެކެ ލޯބިވާ ވަރަށްވުރެ ބޮޑަށް، އެމީހުންގެ ހިތުގެ އަޑީން ކާފިރުންދެކެ ލޯބިވެއެވެ. އެހެންކަމުން، އިރުމަތީ ފަރާތުން ތުރުކީންނާއި ކާފިރުން ނުކުމެ، ޚުރާސާނާއި، ޢިރާޤާއި، ޝާމާއި، އަލްޖަޒީރާ އަދި އެނޫންވެސް ރަށްތަކުގައި މުސްލިމުންނާ ހަނގުރާމަކޮށް މުސްލިމުންގެ ލޭ އޮހޮރުވައިލި ހިނދު، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި އެބައިމީހުންނަށް (ކާފިރުންނަށް) އެހީތެރިވެދޭ ބަޔަކު ކަމުގައި ރާފިޟީން ވިއެވެ. އަދި އަލްޢަލްޤަމީގެ ނަމުން މަޝްހޫރުވެފައިވާ ބަޣުދާދުގެ ވަޒީރާއި އޭނާ ފަދަ މީހުންވީ، މުސްލިމުންނާ ދެކޮޅަށް އެ ކާފިރުންނަށް އެންމެ ބޮޑަށް އެހީތެރިވެދިން މީހުން ކަމުގައެވެ. ހަމައެފަދައިން، ޝާމްކަރައިގެ ޙަލަބާއި އެނޫންވެސް ރަށްރަށުގައި ތިބި ރާފިޟީންވީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި އެބައިމީހުންނަށް (ކާފިރުންނަށް) އެންމެ ބޮޑަށް އެހީތެރިކަންފޯރުކޮށްދިން މީހުން ކަމުގައެވެ. އަދި ޝާމްކަރައިގައި މުސްލިމުންނާ ހަނގުރާމަކުރި ނަޞާރާއިންނަށްވެސް އެންމެ ބޮޑަށް އެހީތެރިވެދިން މީހުން ކަމުގައި ރާފިޟީން ވިއެވެ.
ހަމައެފަދައިން، ޢިރާޤުގައި ނުވަތަ އެނޫންވެސް ތަނެއްގައި ޔަހޫދީންގެ ދައުލަތެއް ޤާއިމުވެއްޖެނަމަ، އެމީހުންނަށްވެސް އެންމެ ބޮޑަށް އެހީތެރިވެދޭ ބަޔަކަށް ރާފިޟީން ވާނެއެވެ. ފަހެ، އެބައިމީހުން (ރާފިޟީން) މުޝްރިކުންނާއި ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިންވާ ކާފިރުންނަށް އަބަދުވެސް ވާގިވެރިވެއެވެ. އަދި މުސްލިމުންނާ ހަނގުރާމަކޮށް މުސްލިމުންނާ ޢަދާވާތްތެރިވުމުގައި އެބައިމީހުން އެ ކާފިރުންނަށް އެހީތެރިވެދެއެވެ.”
(މިންހާޖުއް ސުންނާ 3/377–378)
2. މިއީ ރާފިޟީންގެ ކިބައިން ފެންނަ އާކަމެއް ނޫންކަން
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“މިއީ ރާފިޟީންގެ ފަރާތުން ފެންނަ އައު ކަމެއް ނޫނެވެ. ފަހެ، ޔަހޫދީންނާއި ނަޞާރާއިންނާއި މުޝްރިކުންނަށް އެބައިމީހުން (ރާފިޟީން) ވާގިވެރިވާކަމާއި، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި އެމީހުންނަށް އެހީތެރިވެދޭކަން އެއީ ޢާއްމުންނާއި ޚާއްޞައިން ދަންނަ މަޢުރޫފު ކަމެކެވެ. މިކަން ބޮޑުކަމުން ގޮސް ބުނެވިފައިވެއެވެ: ޔަހޫދީއަކާއި މުސްލިމަކު، ނުވަތަ ނަޞާރާއަކާއި މުސްލިމަކު، ނުވަތަ މުޝްރިކަކާއި މުސްލިމަކު ހަނގުރާމަކޮށްފިނަމަ، ޔަހޫދީމީހާއާއި ނަޞާރާމީހާއާއި މުޝްރިކުމީހާއާ އެކުގައި މެނުވީ ރާފިޟީމީހާ ނުވެއެވެ.”
(މިންހާޖުއް ސުންނާ 3/452)
3. އިސްލާމީ ދައުލަތް ނައްތައިލުމުގައި ތަތާރުންނަށް އެހީތެރިވުން
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“ދެން މިކަމާއެކުވެސް، މީސްތަކުންނަށް ފެނިފައިވާ ފަދައިން، ރާފިޟީން އެ ކާފިރުންނަށް އެހީތެރިވެދީ، މުސްލިމުންގެ މައްޗަށް އެމީހުންނަށް (ކާފިރުންނަށް) ނަޞްރުދެއެވެ. ހިޖުރީ ގޮތުން ހަސަތޭކަ ފަންސާސް އަށްވަނަ އަހަރު ކާފިރު ތުރުކީންގެ ރަސްގެފާނު ހޫލާކޫ ޝާމްކަރައަށް ވަން ހިނދު، ޝާމްކަރައިގެ ބޮޑެތި ޝަހަރުތަކާއި ވެރިކަންކުރާ ރަށްރަށުގައި ތިބި ރާފިޟީން، އޭގެ ތެރޭގައި (ސޫރިއާގެ) ޙަލަބާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުގެ އަހުލުވެރިންނާއި، ދިމަޝްޤާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުގެ އަހުލުވެރިންނާއި، އަދި އެނޫންވެސް ރާފިޟީން ވީ، އޭނާގެ (ހޫލާކޫގެ) ވެރިކަން ޤާއިމުކުރުމަށާއި މުސްލިމުންގެ ވެރިކަން ނައްތާލުމަށް އޭނާ ކުރި އަމުރު ތަންފީޛުކުރުމުގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވެ ވާގިވެރިވި މީހުން ކަމުގައެވެ.
ހަމައެފަދައިން، ހޫލާކޫ ޢިރާޤަށް އައި ހިނދު ޢިރާޤުގައި ހިނގައިދިޔަ ކަންތައްތައް ޢާއްމުންނާއި ޚާއްޞައިން ދެނެހުރެއެވެ. އޭނާ ޚަލީފާ ޤަތުލުކޮށް، ﷲ ފިޔަވައި އެހެން ފަރާތަކަށް ޢަދަދު ނުކުރެވޭހައި ގިނައިން އެތާނގައި ލޭ އޮހޮރުވައިލިއެވެ. ފަހެ، ޚަލީފާގެ ވަޒީރު އިބްނުލް ޢަލްޤަމީ އަދި އޭނާގެ އެންމެ ގާތް އެކުވެރިން ކަމުގައިވި ރާފިޟީންނަކީ، ފާޅުގައްޔާއި ސިއްރުގައި ބަޔާންކުރަން ދިގުވެގެންދާހައި ގިނަގުނަ ގޮތްގޮތުން މިކަމުގައި އޭނާއަށް (ހޫލާކޫއަށް) އެހީތެރިވެދިން މީހުންނެވެ.
އަދި ހަމައެފަދައިން، އެބައިމީހުން(ކާފަރު) ޖިންގިޒްޚާނާ އެކުގައި ވީކަމަށް ޛިކުރުކުރެވިފައިވެއެވެ. އަދި ޝާމްކަރައިގެ އައްސޭރިފަށާއި އެނޫންވެސް ތަންތަނުން މުސްލިމުންނަށް އެބައިމީހުންވަނީ ފެނިފައެވެ. މުސްލިމުންނާއި ނަޞާރާއިން ހަނގުރާމަކޮށްފިނަމަ، އެބައިމީހުންގެ (ރާފިޟީންގެ) އެދުން ވަނީ ނަޞާރާއިންނާ އެކުގައެވެ. ކުޅަދާނަވީ މިންވަރަކުން އެބައިމީހުން (ރާފިޟީން) އެމީހުންނަށް (ނަޞާރާއިންނަށް) ނަޞްރުދެއެވެ. ޢައްކާއާއި އެނޫންވެސް ރަށްތައް ފަތަޙަވުމަށް އެމީހުން ނުރުހުނު ފަދައިން، ނަޞާރާއިންގެ ރަށްތައް ފަތަޙަވުމަށް އެބައިމީހުން ނުރުހެއެވެ. އަދި މުސްލިމުންގެ މައްޗަށް އެމީހުންނަށް (ކާފިރުންނަށް) ނަޞްރުލިބުމަށް އެބައިމީހުން ޚިޔާރުކުރެއެވެ. އެކަން ބޮޑުވެގެންގޮސް، غازان ގެ އަހަރު ކަމުގައިވާ ފަސްސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު މުސްލިމުންގެ ލަޝްކަރު ބަލިވެ، މުސްލިމުންގެ ލަޝްކަރުގެ ކިބައިން ޝާމްކަރަ ހުސްވިހިނދު، ރަށްތަކުގައި އެބައިމީހުން (ރާފިޟީން) ފަސާދަ އުފެއްދިއެވެ. އަދި ޤަތުލުކުރުމާއި، މުދާ ފޭރުމާއި، ޞަލީބުގެ ދިދަ އުފުލުމާއި، މުސްލިމުންގެ މައްޗަށް ނަޞާރާއިންނަށް އިސްކަންދިނުމާއި، އަދި ޤުބުރުޞް (ސައިޕްރަސް) އާއި އެނޫންވެސް ތަންތަނުގައި ތިބި ޙަރުބީ ނަޞާރާއިންގެ ގާތަށް މުސްލިމުންގެ ކިބައިން އަޅުވެތިކުރެވުނު މީހުންނާއި މުދަލާއި ހަތިޔާރު އުފުލުން ފަދަ ތަފާތު ބާވަތްތަކުގެ ފަސާދައިގައި އެބައިމީހުން އުޅުނެވެ.
ފަހެ މިއީ، އަދި މިފަދަ އެހެން ކަންކަމަކީ މީސްތަކުން ލޮލުން ދެކެފައިވާ ކަންކަމެވެ. އަދި ލޮލުން ނުދެކޭ މީހުންނަށް މިކަންކަން ވާޞިލުވެފައިވަނީ ތަވާތުރުގެ މަގުންނެވެ. (އެބަހީ ޝައްކެއްނެތް މިންވަރަށް ގިނަ މީހުންގެ ފުށުންނެވެ). މިކަމުގެ އަސަރުތަކުގެ ތެރެއިން ތިމަންކަލޭގެފާނު އައްސަވާފައިވާ އަދި ދެކެވަޑައިގެންފައިވާ ކަންތައްތައް ޛިކުރުކުރައްވައިފިނަމަ، މި ފޮތް ދިގުވެގެން ހިނގައިދާނެއެވެ. އަދި މިކަމުގެ ޚަބަރުތަކާއި ތަފްޞީލުތަކުގެ ތެރެއިން ތިމަންކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ އެތައް ކަމެއް އެހެން މީހުންގެ ކިބައިގައި ވެއެވެ.
ފަހެ މިއީ، މުސްލިމުންނާ ދެކޮޅަށް ކާފިރުންނަށް އެބައިމީހުން (ރާފިޟީން) އެހީތެރިވެދޭކަމާއި، އިސްލާމްދީނާއި މުސްލިމުންގެ މައްޗަށް ކުފުރާއި ކާފިރުން ފާޅުވެގަތުމަށް އެބައިމީހުން ޚިޔާރުކުރާކަމުގެ ފެންނަން އޮތް ހެއްކެކެވެ.
މުސްލިމުންނަކީ އަނިޔާވެރި، ފާސިގު ބަޔަކު ކަމުގައި ބެލެވުނު ކަމުގައި ވީނަމަވެސް، އަދި އަލީގެފާނާއި އުޘްމާނުގެފާނަށް ބަދުބަސް ބުނުމަށްވުރެ ބޮޑެތި ބިދުޢަތައް އެބައިމީހުންގެ ކިބައިން ފާޅުވި ކަމުގައި ވީނަމަވެސް، ބުއްދިވެރި އިންސާނާ އަބަދުވެސް ބަލާނީ ދެ ހެޔޮކަމުގެ ތެރެއިން އެންމެ މަންފާ ބޮޑު ގޮތަށާއި، ދެ ނުބައިކަމުގެ ތެރެއިން އެންމެ ގެއްލުން ކުޑަ ގޮތަށެވެ.
އަހުލުއްސުންނާ ވަލްޖަމާއަތުގެ މީހުން، ޚަވާރިޖުންނާއި ރާފިޟީންނާއި އަދި އެނޫންވެސް ބިދުޢަވެރިންނާ ބެހޭގޮތުން ދައްކަންޖެހޭ ވާހަކަތައް ދެއްކިކަމުގައި ވީނަމަވެސް، އެބައިމީހުންގެ ދީނާ ދެކޮޅަށް ކާފަރުންނަށް އެހީތެރިވެ މަދަދުވެރި ނުވާކަން ތިބާއަށް ނުފެނޭ ހެއްޔެވެ؟ އަދި އެފަދަ ބިދުޢަތަކެއް ފާޅުވުމަށްވުރެ، ކުފުރާއި ކާފަރުން (އެބަހީ ބިދުޢަވެރިންނަށްވުރެ މައްޗަށް) ގަދަވެގަނެ ފާޅުވުމަކީ އެބައިމީހުން އެއްވެސް ހާލެއްގައި އިސްކަންދޭނެ ނުވަތަ އެދޭނެ ކަމެއް ނޫނެވެ.
އަދި ރާފިޟީންނަށް ބާރު ލިބިއްޖެނަމަ އެބައިމީހުން (ﷲ އަށް ނުވަތަ އަނިޔާކުރުމާމެދު) ބިރެއް ނުގަނެއެވެ. މި ފޮތް އެމީހަކަށްޓަކައި ލިޔެވުނު ސުލްޠާން ޚުދާބަންދާގެ ދައުލަތުގައި އެމީހުންނަށް (ރާފިޟީންނަށް) ވީގޮތާމެދު ނިކަން ވިސްނައިލާށެވެ! އެބައިމީހުންގެ ފަރާތުން ފެނިގެންދިޔަ ނުބައިކަމަކީ ކޮބައިކަމާމެދު ނިކަން ވިސްނައިލާށެވެ! އެ ނުބައިކަން ދެމިއޮވެ ގަދަވެގެންދިޔަނަމަ، އެކަމުގެ ސަބަބުން އިސްލާމްދީނުގެ ޢާއްމު ޝަރީޢަތްތައް އެމީހުން ބާޠިލުކޮށްލީހެވެ! ނަމަވެސް އެބައިމީހުން އެދެނީ އެބައިމީހުންގެ އަނގަތަކުން ﷲ ގެ ނޫރު ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނު ކަމުގައިވިޔަސް، އެކަލާނގެ ނޫރު ފުރިހަމަކުރެއްވުމަށް މެނުވީ ﷲ އިރާދައެއް ނުކުރައްވައެވެ.”
(މިންހާޖުއް ސުންނާ 6/374–375)
4. ﷲ ގެ ވަލީވެރިންނާ ޢަދާވާތްތެރިވުން
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“އެހެންކަމުން، ދީނުގެ ޢަދާވާތްތެރިންކަން ކޮންމެ މީހަކަށްމެ އެނގޭ، ޔަހޫދީންނާއި ނަޞާރާއިންނާއި މުޝްރިކުންނަށް – އެބަހީ ތުރުކީންގެ ތެރެއިންވާ މުޝްރިކުންނަށް – ރާފިޟީން ވާގިވެރިވެއެވެ. އަދި ﷲ ގެ ވަލީވެރިންނާ ދެކޮޅުވެރިވެއެވެ. އެއީ ދީނުގެ އަހުލުވެރިންގެ ތެރެއިންވާ އެންމެ ހެޔޮ މީހުންނާއި، ތަޤްވާވެރިންގެ ސާޙިބުންނެވެ. އަދި އެއީ އެ ދީން ޤާއިމުކޮށް، އެ ދީން ފޯރުކޮށްދީ، އަދި އެ ދީނަށް ނަޞްރުދިން މީހުންނެވެ.
އެހެންކަމުން، އިސްލާމީ ރަށްތަކަށް ކާފިރު ތުރުކީން ވަނުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ރާފިޟީން ވިއެވެ.
ވަޒީރު އިބްނުލް ޢަލްޤަމީ އާއި އޭނާ ނޫން މީހުން، މިސާލަކަށް ކާފިރުންނާއެކު ނަޞީރުއްޠޫސީ ކަންތައްކުރިގޮތާއި، މުސްލިމުންނާ ދެކޮޅަށް އެމީހުން ރޭވި ރޭވުންތަކުގެ ވާހަކައަކީ ޢާއްމުންނާއި ޚާއްޞައިން ދަންނަ ވާހަކަތަކެކެވެ.
ހަމައެފަދައިން އެބައިމީހުންގެ (ރާފިޟީންގެ) ތެރެއިން ޝާމްކަރައިގައި ތިބި މީހުން: މުސްލިމުންނާ ދެކޮޅަށް މުޝްރިކުންނަށް ފާޅުގައި އެހީތެރިވެދިނެވެ. އަދި މީސްތަކުން ދަންނަ ފަދަ އެހީތެރިވުމަކުން އެބައިމީހުން އެ މުޝްރިކުންނަށް އެހީތެރިވިއެވެ.
އަދި ހަމައެފަދައިން غازان އައި ހިނދު މުސްލިމުންގެ ލަޝްކަރު ބަލިވުމުން، އެބައިމީހުން ކާފިރު ނަޞާރާއިންނަށާއި، މުސްލިމުންގެ ޢަދާވާތްތެރިންގެ ތެރެއިންވާ އެނޫންވެސް މީހުންނަށް ފާޅުގައި އެހީތެރިވެދިނެވެ. އަދި އަޅުން ވިއްކާ ފަދައިން މުސްލިމުންގެ ދަރިންނާއި އެބައިމީހުންގެ މުދާތައް އެ ކާފިރުންނަށް ވިއްކިއެވެ. އަދި މުސްލިމުންނާ ދެކޮޅަށް ފާޅުގައި ހަނގުރާމަކުރިއެވެ. އަދި އެބައިމީހުންގެ ތެރެއިން ބައެއް މީހުން ޞަލީބުގެ ދިދަ އުފުލިއެވެ.“
(މިންހާޖުއް ސުންނާ 7/414–415)
5. އާންމު މުސްލިމުންނަކީ ކާފިރުންނަށްވުރެ ނުބައި ބައެއްކަމުގައި ދެކުން
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“އަދި ޔަހޫދީންނާއި ނަޞާރާއިންގެ ކުފުރަށްވުރެ އެބައިމީހުންގެ (އެބަހީ ޢާއްމު މުސްލިމުންގެ) ކުފުރު ބޮޑުކަމަށް އެބައިމީހުން (ރާފިޟީން) ދެކެއެވެ. އެހެނީ އެބައިމީހުންގެ (ރާފިޟީންގެ) ގާތުގައި އެމީހުންނަކީ (ޔަހޫދީންނާއި ނަޞާރާއިންނަކީ) އަޞްލު ކާފިރުންނެވެ. އަދި މިބައިމީހުންނަކީ (މުސްލިމުންނަކީ) މުރުތައްދުވެފައިވާ ބައެކެވެ. އަދި އިޖުމާޢުވެވިފައިވާ ގޮތުގައި އަޞްލު ކުފުރަށްވުރެ ރިއްދަތުގެ ކުފުރުގެ ނުބައިކަން ބޮޑުވެގެންވެއެވެ.
އެ ސަބަބާހުރެ މުސްލިމުންގެ ޖުމްހޫރުގެ (ގިނަ މީހުންގެ) މައްޗަށް ކާފިރުންނަށް އެބައިމީހުން އެހީތެރިވެދެއެވެ. ފަހެ، މުސްލިމުންގެ ޖުމްހޫރުގެ މައްޗަށް ތަތާރުންނަށް އެބައިމީހުން އެހީތެރިވެދެއެވެ. ކާފިރުންގެ ރަސްގެފާނު ޖިންގިޒްޚާން އިސްލާމީ ރަށްތަކަށް ނުކުތުމާއި، ހޫލާކޫ ޢިރާޤަށް އައުމާއި، ޙަލަބު ހިފުމާއި، އަދި ޞާލިޙިއްޔާ ފޭރުމާއި އެނޫންވެސް ކަންކަމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި އެބައިމީހުން ވިއެވެ […]
އަދި މި ސަބަބާހުރެ، މުސްލިމުންނާ ދެކޮޅަށް ތަތާރުންނަށާއި ފިރަންޖީންނަށް އެހީތެރިވުމާއި، އިސްލާމްދީނަށް ނަޞްރުލިބުމުން އިންތިހާއަށް ހިތާމަކުރުމުގެ ތެރެއިން އެބައިމީހުންގެ ކިބައިން ފެނިގެންދިޔަ ކަންތައްތައް ފެނިގެންދިޔައެވެ. ހަމައެފަދައިން، އައްސޭރިފަށުގެ ޢައްކާއާއި އެނޫންވެސް ރަށްތައް މުސްލިމުން ފަތަޙަކުރި ހިނދު، ނަޞާރާއިންނަށް ނަޞްރުދިނުމާއި މުސްލިމުންގެ މައްޗަށް އެމީހުންނަށް އިސްކަންދިނުމުގެ ތެރެއިން މީސްތަކުންނަށް އެބައިމީހުންގެ ކިބައިން އަޑުއިވިފައިވާ ކަންތައްތައް ފާޅުވެގެންދިޔައެވެ.”
(މަޖުމޫޢުލް ފަތާވާ 28/478)
6. އިސްލާމީ ދައުލަތަށްވުރެ ކާފިރު ދައުލަތްދެކެ ލޯބިވުން
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“އަދި ރާފިޟީން ތަތާރުންނަށާއި އެމީހުންގެ ދައުލަތަށް ލޯބިކުރެއެވެ. އެހެނީ މުސްލިމުންގެ ދައުލަތުން އެބައިމީހުންނަށް (ރާފިޟީންނަށް) ނުލިބޭ ފަދަ ޢިއްޒަތެއް އެ ދައުލަތުގެ (ތަތާރުންގެ ދައުލަތުގެ) ސަބަބުން އެބައިމީހުންނަށް ލިބެއެވެ.
އަދި މުސްލިމުންނާ ހަނގުރާމަކުރުމުގައި މުޝްރިކުންނާއި ޔަހޫދީންނާއި ނަޞާރާއިންނަށް އެހީތެރިވެދޭ ބަޔަކީ ރާފިޟީންނެވެ. އަދި ތަތާރުން އިސްލާމްވުމުގެ ކުރިން އިރުމަތީގެ ބިންތައް ކަމުގައިވާ ޚުރާސާނާއި ޢިރާޤާއި ޝާމްކަރައަށް އެމީހުން ވަނުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ވީ އެބައިމީހުންނެވެ. އަދި އިސްލާމީ ރަށްތައް ހިފުމުގައްޔާއި، މުސްލިމުން ޤަތުލުކުރުމުގައްޔާއި، އެމީހުންގެ އަންހެނުން އަޅުވެތިކުރުމުގައި އެމީހުންނަށް (ތަތާރުންނަށް) އެންމެ ބޮޑަށް އެހީތެރިވެދިން މީހުން ކަމުގައި އެބައިމީހުން ވިއެވެ.
ޚަލީފާއާއެކު އިބްނުލް ޢަލްޤަމީ އަދި އޭނާ ފަދަ މީހުން ކަންތައްކުރި ގޮތުގެ ޙާދިޘާއާއި، ޙަލަބުގައި ޙަލަބުގެ ވެރިޔާއާއެކު އެމީހުން ކަންތައްކުރި ގޮތުގެ ޙާދިޘާއަކީ ޢާއްމު މީސްތަކުން ދަންނަ މަޝްހޫރު ޙާދިޘާތަކެކެވެ.
ހަމައެފަދައިން، ޝާމްކަރައިގެ އައްސޭރިފަށުގައި މުސްލިމުންނާއި ނަޞާރާއިންނާ ދެމެދު ހިނގި ހަނގުރާމަތަކުގައި، މުސްލިމުންނާ ދެކޮޅަށް ރާފިޟީން ތިބެނީ ނަޞާރާއިންނާ އެކުގައިކަން ތަޖުރިބާކާރުންނަށް ވަނީ އެނގިފައެވެ. އަދި ތަތާރުން އައި ހިނދު ރަށްތައް ހިފުމުގައި އެމީހުންނަށް އެބައިމީހުން އެހީތެރިވެދިންކަމާއި، ޢައްކާއާއި އެނޫންވެސް އައްސޭރިފަށުގެ ރަށްތައް ފަތަޙަވުން ރާފިޟީންގެ މައްޗަށް ދަތި އުނދަގޫ ކަމަކަށް ވިކަން އެނގިފައިވެއެވެ.”
(މަޖުމޫޢުލް ފަތާވާ 28/527–528)
ނިންމުން
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ މި ބަސްފުޅުތަކުން ވަރަށް ސާފުކޮށް އެނގިގެންދަނީ، ރާފިޟީންގެ ޚިޔާނާތަކީ މިއަދަކު ނުވަތަ އިއްޔެއަކު ފެށިގެން އުޅޭ ކަމެއް ނޫންކަމެވެ. އެއީ އެބައިމީހުންގެ ބާޠިލު ޢަޤީދާގެ ތެރޭގައި ހިމެނޭ، އެމީހުންގެ ދީނުގެ އަސާސެކެވެ. މާޒީގައި ތަތާރުންނާއި ފަރަންޖީންނަށް (ޞަލީބީންނަށް) މުސްލިމުންގެ ބިންތައް ދީ، މުސްލިމުންގެ ލޭ އޮހޮރުވައިލުމުގައި އެބައިމީހުން އެހީތެރިވި ފަދައިން، މިއަދުވެސް އެބައިމީހުން ދަނީ ކާފިރުންނާ ގުޅިގެން ސުންނީ މުސްލިމުން ނައްތައިލުމަށް މަސައްކަތްކުރަމުންނެވެ.
އެހެންކަމުން، ފަލަސްޠީނާއި ޣައްޒާގެ މުސްލިމުންގެ ނަމުގައި އެބައިމީހުން އޮހޮރާ ކިނބޫ ކަރުނައަށާއި، އެމެރިކާއާއި އިސްރާއީލާ ދެކޮޅަށްކަމަށް ބުނެ ދައްކާ ފޮނި ވާހަކަތަކަށް މުސްލިމުން ހެއްލިގެން ނުވާނެއެވެ. ޙަޤީޤަތަކީ، ޔަހޫދީންނާއި ނަޞާރާއިންނަށްވުރެ ބޮޑަށް އެބައިމީހުން ޢަދާވާތްތެރިވަނީ ޞައްޙަ ޢަޤީދާގެ މަތީގައި ތިބޭ ސުންނީ މުސްލިމުންނާއެވެ. އީރާނާއި، ޔަމަނުގެ ޙޫޘީންނާއި، ލުބުނާނުގެ ޙިޒްބުﷲ ފަދަ ރާފިޟީ ޖަމާޢަތްތަކުން މިއަދު އެ ކުޅެނީ ހަމަ އިބްނުލް ޢަލްޤަމީ އާއި އައްނަޞީރު އައްޠޫސީ މާޒީގައި ކުޅުނު ޚިޔާނާތްތެރި ރޯލެވެ.
ކޮންމެ މުސްލިމަކުވެސް މި ނުރައްކާތެރި ފިތުނައިން ހޭލައި، ތާރީޚުން ޢިބުރަތް ޙާޞިލުކުރަން ޖެހެއެވެ. ކާފިރުންނާ ގުޅިގެން އިސްލާމީ އުއްމަތް ހަލާކުކޮށްލަން އުޅޭ މިފަދަ މުނާފިޤުންގެ ޙަޤީޤަތް ދެނެގަނެ، އެބައިމީހުންގެ މަކަރުވެރި ދަލުގައި ނުޖެހި ސަލާމަތްވާން ޖެހެއެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ، ރާފިޟީންނާއި މުނާފިޤުންގެ ނުބައި ރޭވުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރައްވައި، ޙައްޤު ގޮތުގައި ތިބި މުސްލިމުންނަށް ނަޞްރާއި ކާމިޔާބު ދެއްވުމެވެ. آمين.
قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ رَحِمَهُ اللَّهُ:
«وَكَثِيرٌ مِنْهُمْ يُوَادُّ الْكُفَّارَ مِنْ وَسَطِ قَلْبِهِ أَكْثَرَ مِنْ مُوَادَّتِهِ لِلْمُسْلِمِينَ؛ وَلِهَذَا لَمَّا خَرَجَ التُّرْكُ وَالْكُفَّارُ مِنْ جِهَةِ الْمَشْرِقِ، فَقَاتَلُوا الْمُسْلِمِينَ وَسَفَكُوا دِمَاءَهُمْ بِبِلَادِ خُرَاسَانَ وَالْعِرَاقِ وَالشَّامِ وَالْجَزِيرَةِ وَغَيْرِهَا، كَانَتِ الرَّافِضَةُ مُعَاوِنَةً لَهُمْ عَلَى قِتَالِ الْمُسْلِمِينَ، وَوَزِيرُ بَغْدَادَ الْمَعْرُوفُ بِالْعَلْقَمِيِّ هُوَ وَأَمْثَالُهُ كَانُوا مِنْ أَعْظَمِ النَّاسِ مُعَاوَنَةً لَهُمْ عَلَى الْمُسْلِمِينَ، وَكَذَلِكَ الَّذِينَ كَانُوا بِالشَّامِ بِحَلَبَ وَغَيْرِهَا مِنَ الرَّافِضَةِ كَانُوا مِنْ أَشَدِّ النَّاسِ مُعَاوَنَةً لَهُمْ عَلَى قِتَالِ الْمُسْلِمِينَ، وَكَذَلِكَ النَّصَارَى الَّذِينَ قَاتَلَهُمُ الْمُسْلِمُونَ بِالشَّامِ كَانَتِ الرَّافِضَةُ مِنْ أَعْظَمِ أَعْوَانِهِمْ.
وَكَذَلِكَ إِذَا صَارَ الْيَهُودُ دَوْلَةً بِالْعِرَاقِ وَغَيْرِهِ تَكُونُ الرَّافِضَةُ مِنْ أَعْظَمِ أَعْوَانِهِمْ، فَهُمْ دَائِمًا يُوَالُونَ الْكُفَّارَ مِنَ الْمُشْرِكِينَ وَالْيَهُودِ وَالنَّصَارَى، وَيُعَاوِنُونَهُمْ عَلَى قِتَالِ الْمُسْلِمِينَ وَمُعَادَاتِهِمْ».
وَقَالَ رَحِمَهُ اللَّهُ:
«وَلَيْسَ هَذَا بِبِدْعٍ مِنَ الرَّافِضَةِ، فَقَدْ عُرِفَ مِنْ مُوَالَاتِهِمْ لِلْيَهُودِ وَالنَّصَارَى وَالْمُشْرِكِينَ، وَمُعَاوَنَتِهِمْ عَلَى قِتَالِ الْمُسْلِمِينَ، مَا يَعْرِفُهُ الْخَاصُّ وَالْعَامُّ، حَتَّى قِيلَ: إِنَّهُ مَا اقْتَتَلَ يَهُودِيٌّ وَمُسْلِمٌ، وَلَا نَصْرَانِيٌّ وَمُسْلِمٌ، وَلَا مُشْرِكٌ وَمُسْلِمٌ، إِلَّا كَانَ الرَّافِضِيُّ مَعَ الْيَهُودِيِّ وَالنَّصْرَانِيِّ وَالْمُشْرِكِ».
وَقَالَ رَحِمَهُ اللَّهُ:
«ثُمَّ مَعَ هَذَا الرَّافِضَةُ يُعَاوِنُونَ أُولَئِكَ الْكُفَّارَ، وَيَنْصُرُونَهُمْ عَلَى الْمُسْلِمِينَ، كَمَا قَدْ شَاهَدَهُ النَّاسُ، لَمَّا دَخَلَ هُولَاكُو مَلِكُ الْكُفَّارِ التُّرْكِ الشَّامَ سَنَةَ ثَمَانٍ وَخَمْسِينَ وَسِتِّمِائَةٍ، فَإِنَّ الرَّافِضَةَ الَّذِينَ كَانُوا بِالشَّامِ بِالْمَدَائِنِ وَالْعَوَاصِمِ مِنْ أَهْلِ حَلَبَ وَمَا حَوْلَهَا، وَمِنْ أَهْلِ دِمَشْقَ وَمَا حَوْلَهَا، وَغَيْرِهِمْ كَانُوا مِنْ أَعْظَمِ النَّاسِ أَنْصَارًا وَأَعْوَانًا عَلَى إِقَامَةِ مُلْكِهِ، وَتَنْفِيذِ أَمْرِهِ فِي زَوَالِ مُلْكِ الْمُسْلِمِينَ.
وَهَكَذَا يَعْرِفُ النَّاسُ – عَامَّةً وَخَاصَّةً – مَا كَانَ بِالْعِرَاقِ لَمَّا قَدِمَ هُولَاكُو إِلَى الْعِرَاقِ، وَقَتَلَ الْخَلِيفَةَ، وَسَفَكَ فِيهَا مِنَ الدِّمَاءِ مَا لَا يُحْصِيهِ إِلَّا اللَّهُ، فَكَانَ وَزِيرُ الْخَلِيفَةِ ابْنَ الْعَلْقَمِيِّ، وَالرَّافِضَةُ هُمْ بِطَانَتُهُ، الَّذِينَ أَعَانُوهُ عَلَى ذَلِكَ بِأَنْوَاعٍ كَثِيرَةٍ، بَاطِنَةٍ وَظَاهِرَةٍ، يَطُولُ وَصْفُهَا.
وَهَكَذَا ذُكِرَ أَنَّهُمْ كَانُوا مَعَ جِنْكِزْخَانَ، وَقَدْ رَآهُمُ الْمُسْلِمُونَ بِسَوَاحِلِ الشَّامِ وَغَيْرِهَا، إِذَا اقْتَتَلَ الْمُسْلِمُونَ وَالنَّصَارَى هَوَاهُمْ مَعَ النَّصَارَى، يَنْصُرُونَهُمْ بِحَسَبِ الْإِمْكَانِ، وَيَكْرَهُونَ فَتْحَ مَدَائِنِهِمْ، كَمَا كَرِهُوا فَتْحَ عُكَّةَ وَغَيْرِهَا، وَيَخْتَارُونَ إِدَالَتَهُمْ عَلَى الْمُسْلِمِينَ، حَتَّى إِنَّهُمْ لَمَّا انْكَسَرَ عَسْكَرُ الْمُسْلِمِينَ سَنَةَ غَازَانَ، سَنَةَ تِسْعٍ وَتِسْعِينَ وَخَمْسِمِائَةٍ، وَخَلَتِ الشَّامُ مِنْ جَيْشِ الْمُسْلِمِينَ، عَاثُوا فِي الْبِلَادِ، وَسَعَوْا فِي أَنْوَاعٍ مِنَ الْفَسَادِ، مِنَ الْقَتْلِ وَأَخْذِ الْأَمْوَالِ، وَحَمْلِ رَايَةِ الصَّلِيبِ، وَتَفْضِيلِ النَّصَارَى عَلَى الْمُسْلِمِينَ، وَحَمْلِ السَّبْيِ وَالْأَمْوَالِ وَالسِّلَاحِ مِنَ الْمُسْلِمِينَ إِلَى النَّصَارَى، أَهْلِ الْحَرْبِ بِقُبْرُصَ وَغَيْرِهَا.
فَهَذَا وَأَمْثَالُهُ قَدْ عَايَنَهُ النَّاسُ، وَتَوَاتَرَ عِنْدَ مَنْ لَمْ يُعَايِنْهُ. وَلَوْ ذَكَرْتُ أَنَا مَا سَمِعْتُهُ وَرَأَيْتُهُ مِنْ آثَارِ ذَلِكَ لَطَالَ الْكِتَابُ، وَعِنْدَ غَيْرِي مِنْ أَخْبَارِ ذَلِكَ وَتَفَاصِيلِهِ مَا لَا أَعْلَمُهُ.
فَهَذَا أَمْرٌ مَشْهُودٌ مِنْ مُعَاوَنَتِهِمْ لِلْكُفَّارِ عَلَى الْمُسْلِمِينَ، وَمِنِ اخْتِيَارِهِمْ لِظُهُورِ الْكُفْرِ وَأَهْلِهِ عَلَى الْإِسْلَامِ وَأَهْلِهِ.
وَلَوْ قُدِّرَ أَنَّ الْمُسْلِمِينَ ظَلَمَةٌ فَسَقَةٌ، وَمُظْهِرُونَ لِأَنْوَاعٍ مِنَ الْبِدَعِ الَّتِي هِيَ أَعْظَمُ مِنْ سَبِّ عَلِيٍّ وَعُثْمَانَ، لَكَانَ الْعَاقِلُ يَنْظُرُ فِي خَيْرِ الْخَيْرَيْنِ وَشَرِّ الشَّرَّيْنِ.
أَلَا تَرَى أَنَّ أَهْلَ السُّنَّةِ وَإِنْ كَانُوا يَقُولُونَ فِي الْخَوَارِجِ وَالرَّوَافِضِ وَغَيْرِهِمَا مِنْ أَهْلِ الْبِدَعِ مَا يَقُولُونَ، لَكِنْ لَا يُعَاوِنُونَ الْكُفَّارَ عَلَى دِينِهِمْ، وَلَا يَخْتَارُونَ ظُهُورَ الْكُفْرِ وَأَهْلِهِ عَلَى ظُهُورِ بِدْعَةٍ دُونَ ذَلِكَ؟
وَالرَّافِضَةُ إِذَا تَمَكَّنُوا لَا يَتَّقُونَ. وَانْظُرْ مَا حَصَلَ لَهُمْ فِي دَوْلَةِ السُّلْطَانِ خُدَابَنْدَا، الَّذِي صُنِّفَ لَهُ هَذَا الْكِتَابُ، كَيْفَ ظَهَرَ فِيهِمْ مِنَ الشَّرِّ، الَّذِي لَوْ دَامَ وَقَوِيَ أَبْطَلُوا بِهِ عَامَّةَ شَرَائِعِ الْإِسْلَامِ! لَكِنْ يُرِيدُونَ أَنْ يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ، وَيَأْبَى اللَّهُ إِلَّا أَنْ يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ».
وَقَالَ رَحِمَهُ اللَّهُ:
«وَلِهَذَا الرَّافِضَةُ يُوَالُونَ أَعْدَاءَ الدِّينِ الَّذِينَ يَعْرِفُ كُلُّ أَحَدٍ مُعَادَاتَهُمْ مِنَ الْيَهُودِ، وَالنَّصَارَى، وَالْمُشْرِكِينَ: مُشْرِكِي التُّرْكِ، وَيُعَادُونَ أَوْلِيَاءَ اللَّهِ الَّذِينَ هُمْ خِيَارُ أَهْلِ الدِّينِ، وَسَادَاتُ الْمُتَّقِينَ، وَهُمُ الَّذِينَ أَقَامُوهُ وَبَلَّغُوهُ وَنَصَرُوهُ.
وَلِهَذَا كَانَ الرَّافِضَةُ مِنْ أَعْظَمِ الْأَسْبَابِ فِي دُخُولِ التُّرْكِ الْكُفَّارِ إِلَى بِلَادِ الْإِسْلَامِ.
وَأَمَّا قِصَّةُ الْوَزِيرِ ابْنِ الْعَلْقَمِيِّ وَغَيْرِهِ، كَالنَّصِيرِ الطُّوسِيِّ مَعَ الْكُفَّارِ، وَمُمَالَأَتُهُمْ عَلَى الْمُسْلِمِينَ، فَقَدْ عَرَفَهَا الْخَاصَّةُ وَالْعَامَّةُ.
وَكَذَلِكَ مَنْ كَانَ مِنْهُمْ بِالشَّامِ: ظَاهَرُوا الْمُشْرِكِينَ عَلَى الْمُسْلِمِينَ، وَعَاوَنُوهُمْ مُعَاوَنَةً عَرَفَهَا النَّاسُ.
وَكَذَلِكَ لَمَّا انْكَسَرَ عَسْكَرُ الْمُسْلِمِينَ، لَمَّا قَدِمَ غَازَانُ، ظَاهَرُوا الْكُفَّارَ النَّصَارَى، وَغَيْرَهُمْ مِنْ أَعْدَاءِ الْمُسْلِمِينَ، وَبَاعُوهُمْ أَوْلَادَ الْمُسْلِمِينَ – بَيْعَ الْعَبِيدِ – وَأَمْوَالَهُمْ، وَحَارَبُوا الْمُسْلِمِينَ مُحَارَبَةً ظَاهِرَةً، وَحَمَلَ بَعْضُهُمْ رَايَةَ الصَّلِيبِ».
وَقَالَ شَيْخُ الْإِسْلَامِ رَحِمَهُ اللَّهُ:
«وَيَرَوْنَ أَنَّ كُفْرَهُمْ أَغْلَظُ مِنْ كُفْرِ الْيَهُودِ وَالنَّصَارَى؛ لِأَنَّ أُولَئِكَ عِنْدَهُمْ كُفَّارٌ أَصْلِيُّونَ، وَهَؤُلَاءِ مُرْتَدُّونَ، وَكُفْرُ الرِّدَّةِ أَغْلَظُ بِالْإِجْمَاعِ مِنَ الْكُفْرِ الْأَصْلِيِّ.
وَلِهَذَا السَّبَبِ يُعَاوِنُونَ الْكُفَّارَ عَلَى الْجُمْهُورِ مِنَ الْمُسْلِمِينَ، فَيُعَاوِنُونَ التَّتَارَ عَلَى الْجُمْهُورِ. وَهُمْ كَانُوا مِنْ أَعْظَمِ الْأَسْبَابِ فِي خُرُوجِ جِنْكِزْخَانَ مَلِكِ الْكُفَّارِ إِلَى بِلَادِ الْإِسْلَامِ، وَفِي قُدُومِ هُولَاكُو إِلَى بِلَادِ الْعِرَاقِ، وَفِي أَخْذِ حَلَبَ، وَنَهْبِ الصَّالِحِيَّةِ، وَغَيْرِ ذَلِكَ […]
وَبِهَذَا السَّبَبِ ظَهَرَ فِيهِمْ مِنْ مُعَاوَنَةِ التَّتَارِ وَالْإِفْرِنْجِ عَلَى الْمُسْلِمِينَ، وَالْكَآبَةِ الشَّدِيدَةِ بِانْتِصَارِ الْإِسْلَامِ مَا ظَهَرَ، وَكَذَلِكَ لَمَّا فَتَحَ الْمُسْلِمُونَ السَّاحِلَ عُكَّةَ وَغَيْرَهَا ظَهَرَ فِيهِمْ مِنَ الِانْتِصَارِ لِلنَّصَارَى وَتَقْدِيمِهِمْ عَلَى الْمُسْلِمِينَ مَا قَدْ سَمِعَهُ النَّاسُ مِنْهُمْ».
وَقَالَ رَحِمَهُ اللَّهُ:
«وَالرَّافِضَةُ تُحِبُّ التَّتَارَ وَدَوْلَتَهُمْ؛ لِأَنَّهُ يَحْصُلُ لَهُمْ بِهَا مِنَ الْعِزِّ مَا لَا يَحْصُلُ بِدَوْلَةِ الْمُسْلِمِينَ.
وَالرَّافِضَةُ هُمْ مُعَاوِنُونَ لِلْمُشْرِكِينَ وَالْيَهُودِ وَالنَّصَارَى عَلَى قِتَالِ الْمُسْلِمِينَ، وَهُمْ كَانُوا مِنْ أَعْظَمِ الْأَسْبَابِ فِي دُخُولِ التَّتَارِ قَبْلَ إِسْلَامِهِمْ إِلَى أَرْضِ الْمَشْرِقِ بِخُرَاسَانَ وَالْعِرَاقِ وَالشَّامِ، وَكَانُوا مِنْ أَعْظَمِ النَّاسِ مُعَاوَنَةً لَهُمْ عَلَى أَخْذِهِمْ لِبِلَادِ الْإِسْلَامِ، وَقَتْلِ الْمُسْلِمِينَ، وَسَبْيِ حَرِيمِهِمْ.
وَقَضِيَّةُ ابْنِ الْعَلْقَمِيِّ وَأَمْثَالِهِ مَعَ الْخَلِيفَةِ، وَقَضِيَّتُهُمْ فِي حَلَبَ مَعَ صَاحِبِ حَلَبَ، مَشْهُورَةٌ يَعْرِفُهَا عُمُومُ النَّاسِ.
وَكَذَلِكَ فِي الْحُرُوبِ الَّتِي بَيْنَ الْمُسْلِمِينَ وَبَيْنَ النَّصَارَى بِسَوَاحِلِ الشَّامِ، قَدْ عَرَفَ أَهْلُ الْخِبْرَةِ أَنَّ الرَّافِضَةَ تَكُونُ مَعَ النَّصَارَى عَلَى الْمُسْلِمِينَ، وَأَنَّهُمْ عَاوَنُوهُمْ عَلَى أَخْذِ الْبِلَادِ لَمَّا جَاءَ التَّتَارُ، وَعَزَّ عَلَى الرَّافِضَةِ فَتْحُ عُكَّةَ وَغَيْرِهَا مِنَ السَّوَاحِلِ».