އަހްލުއްސުންނާ ވަލްޖަމާޢަތް

ޞަޙާބީންނަށް ބަދުބަސްރައްދުކުރާ ރާފިޟީ ޝީޢީން ޙަޤީޤަތުގައި ޤަޞްދުކުރަނީ ﷲ އާއި، ރަސޫލާއާއި އަދި ޤުރުއާނަށް ބަދުބަސް ރައްދުކުރުމަށެވެ!

22 މިނިޓު 31 ބެލި

ރަސޫލުﷲ (صلى الله عليه وسلم) ގެ މާތްވެގެންވާ ޞަޙާބީންނަށް ބަދުބަސްބުނެ، އެބޭކަލުންނަށް ލަޢުނަތްދީ ހަދާ ރާފިޟީންގެ މި ނުބައިވެގެންވާ ޢަމަލުގެ ފަހަތުގައިވާ ޙަޤީޤީ މަޤްޞަދަކީ ހަމައެކަނި އެ ޞަޙާބީންނަށް އުނިކަންދިނުމެއް ނޫނެވެ. ކިއެއްތަ! އެބައިމީހުންގެ ހިތްތަކުގައި ފޮރުވިފައިވާ ޢަދާވާތްތެރިކަމާއި ކުފުރުގެ ޙަޤީޤީ އަމާޒަކީ ސީދާ ﷲ ސުބްޙާނަހޫ ވަތަޢާލާއާއި، އެކަލާނގެ ރަސޫލާ (صلى الله عليه وسلم) އާއި، އަދި އެކަލާނގެ ޚަލްޤުކުރެވިގެންނުވާ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރުއާނަށް ބަދުބަސް ރައްދުކޮށް، މުޅި އިސްލާމްދީން ފުނޑުފުނޑުކޮށްލުމެވެ!

ﷲ ތަޢާލާ އެ މާތް ޞަޙާބީންނަށް ތަޢުރީފުކުރައްވައި ޤުރުއާނުގައި ވަޙީކުރައްވާފައި ވަނިކޮށް، ރާފިޟީން އެބޭކަލުންނަށް ބަދުބަސް ބުނުމުގެ މާނައަކީ ސީދާ ﷲ ގެ ބަސްފުޅު ދޮގުކޮށް އެކަލާނގެއަށް ބަދުބަސް ރައްދުކުރުމެވެ. އަދި ނަބިއްޔާ (صلى الله عليه وسلم) އެބޭކަލުންނަށް ހެޔޮބަސްފުޅު ޙަދީޘްކުރައްވާފައި ވަނިކޮށް، އެބޭކަލުންނަށް އެއްޗެހިކިޔުމަކީ ސީދާ ނަބިއްޔާ (صلى الله عليه وسلم) އަށް އުނިކަންދީ ބަދުބަސް ރައްދުކުރުމެވެ. ﷲ ގެ ފޮތާއި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތް އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވީ ހަމަ އެ މާތް އަޞްޙާބުންނެވެ. ފަހެ، އެބޭކަލުންގެ އަބުރު ކަތިލައި، އިތުބާރު ގެއްލުވާލައި، ޤަދަރު ދަށްކޮށްލުމުގެ ބޭނުމަކީ ޤުރުއާނާއި ސުންނަތުގެ ޙުއްޖަތްކަން ނައްތައިލުމެވެ. އެބައިމީހުންގެ ޙަޤީޤީ ބޭނުމަކީ ﷲ ގެ ފޮތާއި އިސްލާމީ ޝަރީޢަތް ބަދަލުކޮށް ފަސާދަކޮށްލުމެވެ.

އިސްލާމްދީނުގެ ޢަދުއްވުން ޔަހޫދީން އިސްވެތިބެ، މުސްލިމުންގެ ސަފުތައް ރޫޅާލުމަށް އަތުރައިލި މަޅީގައި އެބައިމީހުން ވަނީ ޖެހިފައެވެ. ނަޞާރާއިން އެބައިމީހުންގެ ދީން ބަދަލުކޮށްލި ފަދައިން، މިބައިމީހުން ވެސް މިތިބީ ބަދަލުކުރެވިފައިވާ ބާޠިލު ދީނެއްގެ މަތީގައިކަން، އެބައިމީހުންގެ ޖާހިލުކަމާއި މަގުފުރެދުމުގެ ބޮޑުކަމުން އެބައިމީހުންނަކަށް ނުވިސްނެއެވެ.

އެހެނީ، އެ މާތް ޞަޙާބީންނަކީ ރަސޫލުﷲ (صلى الله عليه وسلم) ގެ އެންމެ އަރިސް އެކުވެރިންނެވެ. އެކަލޭގެފާނު މުޅި ޙަޔާތްޕުޅު ވޭތުކުރެއްވީ އެބޭކަލުންނާއެކުގައެވެ. ފަހެ، އެބޭކަލުންނަކީ ގޯސް، ނުބައި އަދި މުރުތައްދުވެފައިވާ ބައެއްކަމުގައި ބުނާ މީހާ، އެ ނުސީދާގޮތުގައި ދަޢުވާކުރަނީ ރަސޫލުﷲ (صلى الله عليه وسلم) އެކުވެރިވެވަޑައިގަތީ، އަދި އެކަލޭގެފާނު (صلى الله عليه وسلم) ގެ ދީން ޙަވާލުކުރެއްވީ ނުބައިވެގެންވާ ޚާއިނުންތަކަކާ ކަމުގައެވެ. މިއީ ސީދާ އެކަލޭގެފާނު (صلى الله عليه وسلم) ގެ ރިސާލަތަށާއި، އެކަލޭގެފާނުގެ މަތިވެރި ޝަރަފަށް ދެވޭ ކިހާބޮޑު ޙަމަލާއެއް ހެއްޔެވެ؟

އަދި ހަމައެފަދައިން، މި އުންމަތާ ހަމައަށް ﷲ ގެ ކަލާމްފުޅު ކަމުގައިވާ ޤުރުއާނާއި، ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތް ފޯރުކޮށްދެއްވީ ހަމަ އެ މާތް ޞަޙާބީންނެވެ. ފަހެ، ދީން ފޯރުކޮށްދިން ހެކިވެރިން ކަމުގައިވާ ޞަޙާބީންގެ އިތުބާރު ގެއްލުވާލުމުން، އެބައިމީހުން އެ ޤަޞްދުކުރަނީ ﷲ ގެ ޚަލްޤުކުރެވިގެންނުވާ ކަލާމްފުޅާމެދު މީސްތަކުންގެ ހިތްތަކުގައި ޝައްކު އުފައްދައި، އެއީ ބާޠިލު އެއްޗެއްކަމުގައި ހެދުމަށެވެ. މިއީ އިސްލާމްދީނުގެ ބިންގާ މުލުން ލުހެލުމަށްޓަކައި ޒިންދީޤުން ރާވައިގެން ހިންގާ ނުބައިވެގެންވާ ފިކުރީ ހަނގުރާމައެކެވެ.

އެހެންކަމުން، މި ޙަޤީޤަތްތަކަށް ލޯމަރައިލުމަށްފަހު، މިފަދަ ރާފިޟީންނަކީ މުސްލިމުންގެ ބައެއްކަމުގައި ހަދައި، އެމީހުންގެ ދިފާޢުގައި ވާހަކަދައްކާ މީހުން ދަންނާށެވެ! ޞަޙާބީންގެ ނިވަލުގައި ތިބެ، ﷲ އާއި އެކަލާނގެ ރަސޫލާއާ ދެކޮޅަށް ހަނގުރާމަކުރާ ބަޔަކަށް ތިޔަބައިމީހުން ތިޔަ ވާގިވެރިވަނީ، ދީނުގެ ޙަޤީޤަތާމެދު ތިޔަބައިމީހުންގެ ކިބައިގައިވާ ޖާހިލުކަމާއި ބަޞީރަތްތެރިކަން ކުޑަކަމުންނެވެ.

ރަސޫލުﷲ (صلى الله عليه وسلم) ގެ ޞަޙާބީންނާމެދު އަހުލުއްސުންނަތް ވަލްޖަމާޢަތުގެ މައިގަނޑު އުޞޫލު

މުޙައްމަދު ބިން ޞާލިޙު ބިން މުޙައްމަދު އަލްޢުޘައިމީން رحمه الله (އަވަހާރަވީ: 1421ހ.) ވިދާޅުވިއެވެ.

مُحَمَّدُ بْنُ صَالِحِ بْنِ مُحَمَّدٍ العُثَيْمِين (المُتَوَفَّى: 1421هـ) «فَمِنْ أُصُولِ أَهْلِ السُّنَّةِ وَالجَمَاعَةِ: سَلَامَةُ قُلُوبِهِمْ وَأَلْسِنَتِهِمْ لِأَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ سَلَامَةُ القَلْبِ مِنَ البُغْضِ وَالغِلِّ وَالحِقْدِ وَالكَرَاهَةِ، وَسَلَامَةُ أَلْسِنَتِهِمْ مِنْ كُلِّ قَوْلٍ لَا يَلِيقُ بِهِمْ. فَقُلُوبُهُمْ سَالِمَةٌ مِنْ ذَلِكَ، مَمْلُوءَةٌ بِالحُبِّ وَالتَّقْدِيرِ وَالتَّعْظِيمِ لِأَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى مَا يَلِيقُ بِهِمْ.

فَهُمْ يُحِبُّونَ أَصْحَابَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَيُفَضِّلُونَهُمْ عَلَى جَمِيعِ الخَلْقِ؛ لِأَنَّ مَحَبَّتَهُمْ مِنْ مَحَبَّةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَمَحَبَّةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ مَحَبَّةِ اللَّهِ، وَأَلْسِنَتُهُمْ أَيْضًا سَالِمَةٌ مِنَ السَّبِّ وَالشَّتْمِ وَاللَّعْنِ وَالتَّفْسِيقِ وَالتَّكْفِيرِ وَمَا أَشْبَهَ ذَلِكَ مِمَّا يَأْتِي بِهِ أَهْلُ البِدَعِ؛ فَإِذَا سَلِمَتْ مِنْ هَذَا، مُلِئَتْ مِنَ الثَّنَاءِ عَلَيْهِمْ وَالتَّرَضِّي عَنْهُمْ وَالتَّرَحُّمِ وَالِاسْتِغْفَارِ وَغَيْرِ ذَلِكَ». المصدر: شَرْحُ العَقِيدَةِ الوَاسِطِيَّةِ لِلْعُثَيْمِين – المُجَلَّد 2 – الصَّفْحَة 247

«ފަހެ، އަހުލުއްސުންނަތް ވަލްޖަމާޢަތުގެ އަޞްލުތަކުގެ (މައިގަނޑު އުޞޫލުތަކުގެ) ތެރެއިން ވެއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންނަށްޓަކައި އެބައިމީހުންގެ (އަހުލުއްސުންނަތުގެ މީހުންގެ) ހިތްތަކާއި ދޫތައް ސަލާމަތުންވުމެވެ. އެއީ ރުޅިވެރިކަމާއި، ޙަސަދަވެރިކަމާއި، ޢަދާވާތްތެރިކަމާއި އަދި ނަފުރަތުން ހިތް ސަލާމަތްވެގެންވުމެވެ. އަދި އެބޭކަލުންނާ (ޞަޙާބީންނާ) އެކަށީގެންނުވާފަދަ ކޮންމެ ބަހަކުން އެބައިމީހުންގެ ދޫތައް ސަލާމަތްވެގެންވުމެވެ. ފަހެ، އެބައިމީހުންގެ ހިތްތައް ވަނީ އެކަންކަމުން ސަލާމަތްވެގެންނެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންނާ އެކަށީގެންވާ ގޮތުގެމަތިން، އެބޭކަލުންނާމެދު ލޯތްބާއި، ޤަދަރުކުރުމާއި އަދި މާތްކޮށް ހިތުމުން (އެ ހިތްތައް) ފުރިގެންނެވެ.

ފަހެ، އެބައިމީހުން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންދެކެ ލޯބިވެއެވެ. އަދި އެހެން އެންމެހައި މަޚްލޫޤުންގެ މައްޗަށް އެބޭކަލުންނަށް މާތްކަމާއި މޮޅުކަންދެއެވެ. އެހެނީ، އެބޭކަލުންދެކެ ލޯބިވުމަކީ ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމަކީ ﷲ ދެކެ ލޯބިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެބައިމީހުންގެ ދޫތައްވެސް ވަނީ އެއްޗެހިކިޔުމާއި، ހުތުރުބަސް ބުނުމާއި، ލަޢުނަތްދިނުމާއި، ފާސިޤުކުރުމާއި ކާފިރުކުރުމުން ސަލާމަތްވެގެންނެވެ. އަދި ބިދުޢަވެރިން (ރާފިޟީންނާ ޚާރިޖީން) ގެނެސްގެންއުޅޭ އެފަދަ އެހެނިހެން ކަންކަމުންވެސް މެއެވެ. ފަހެ އެ ދޫތައް އެކަންކަމުން ސަލާމަތްވެއްޖެނަމަ، އެބޭކަލުންނަށް ޘަނާކިޔުމާއި، އެބޭކަލުންނަށް ރުއްސެވުންއެދި ދުޢާކުރުމާއި، ރަޙުމަތްލެއްވުންއެދި ދުޢާކުރުމާއި، ފާފަފުއްސެވުންއެދި ދުޢާކުރުމާއި އަދި މިނޫންވެސް ހެޔޮ ބަސްތަކުން އެ ދޫތައް ފުރިގެންވެއެވެ.»

މަޞްދަރު: އިބްނު ޢުޘައިމީން، «ޝަރްޙުލް ޢަޤީދަތިލް ވާސިޠިއްޔާ» (މުޖައްލަދު 2، ޞަފްޙާ 247).

1. މުހާޖިރުންނާއި އަންޞާރުންގެ ތެރެއިންވި އެންމެ ފުރަތަމަ ކުރިއަރައިދިޔަ މީހުންނާމެދު ﷲ ރުހިވޮޑިގަތުން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ﴾ [التوبة: 100] (މާނައީ: އަދި މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަރައިދިޔަ މީހުންނާއި، އަދި ހެޔޮގޮތުގައި އެބައިމީހުންނަށް ތަބާވި މީހުން ދަންނާށެވެ! ﷲ އެބައިމީހުންނާމެދު ރުހިވޮޑިގެންފިއެވެ. އަދި އެބައިމީހުން އެކަލާނގެއާމެދު ރުހިއްޖެއެވެ.)

އަލްއިމާމް އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.

قال الإمام ابن كثير رحمه الله: «أخبر الله العظيم أنه قد رضي عن السابقين الأولين من المهاجرين والأنصار والذين اتبعوهم بإحسان؛ فيا ويل من أبغضهم أو سبهم، أو أبغض أو سب بعضهم!». (ابن كثير، «تفسير القرآن العظيم» (4/203).)

«މުހާޖިރުންނާއި އަންޞާރުންގެ ތެރެއިންވި އެންމެ ފުރަތަމަ ކުރިއަރައިދިޔަ މީހުންނާއި، އަދި ހެޔޮގޮތުގައި އެބައިމީހުންނަށް ތަބާވި މީހުންނާމެދު އެކަލާނގެ ރުހިވޮޑިގެންފިކަން މަތިވެރިވަންތަ ﷲ ވަނީ ޚަބަރުދެއްވާފައެވެ. ފަހެ އެބައިމީހުންނަށް ރުޅިއަރައިފި، ނުވަތަ އެބައިމީހުންނަށް އެއްޗެހިކިޔައިފި މީހަކަށް، ނުވަތަ އޭގެތެރެއިން ބަޔަކަށް ރުޅިއަރައިފި، ނުވަތަ އެއްޗެހިކިޔައިފި މީހަކަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!»

2. މުސްލިމުންނަށް އަމުރުކުރެވިފައިވަނީ ޞަޙާބީންނަށް ފާފަފުއްސެވުމަށް އެދި ދުޢާކުރުމަށެވެ. އެބޭކަލުންނަށް އެއްޗެހިކިޔުމަކަށް ނޫނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ﴾ [آل عمران: 159] (މާނައީ: ފަހެ ކަލޭގެފާނު އެބައިމީހުންނަށް މަޢާފުކުރައްވާށެވެ! އަދި އެބައިމީހުންނަށް ފާފަފުއްސެވުމަށް އެދި ދުޢާކުރައްވާށެވެ!)

އަދި އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

قالت أم المؤمنين عائشة رضي الله عنها: «أُمِروا أن يستغفروا لأصحاب النبي صلى الله عليه وسلم فسبوهم!». (رواه مسلم (3022).)

«ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންނަށް ފާފަފުއްސެވުމަށް އެދި ދުޢާކުރުމަށް އެބައިމީހުންނަށް އަމުރުކުރެވުނެވެ. ނަމަވެސް އެބައިމީހުން އެބޭކަލުންނަށް އެއްޗެހިކީއެވެ!»

3. މުއުމިނުންނަށް ގޯނާކޮށް އުނިކަންދިނުން ޙަރާމްވެގެންވުމާއި، އަދި ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީން އެކަމަށް މާ އައުލާކަން ބޮޑުވެގެންވުން

ﷲ ޢައްޒަވަޖައްލަ ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا﴾ [الأحزاب: 58] (މާނައީ: އަދި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަށް، އެބައިމީހުން ނުކުރާ ކުށެއްގައި (ނުވަތަ ޙައްޤަކާނުލައި) ގޯނާކުރާ މީހުން ދަންނާށެވެ! ފަހެ، ހަމަކަށަވަރުން އެބައިމީހުން އެ އުފުލީ ބުހުތާނު ދޮގެއްގެ ފާފައާއި، އަދި ފާޅުވެގެންވާ ފާފައެކެވެ.)

އަލްއިމާމް އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.

قال الإمام ابن كثير رحمه الله: «من أكثر من يدخل في هذا الوعيد الكفرة بالله ورسوله، ثم الرافضة الذين يتنقصون الصحابة ويعيبونهم بما قد برأهم الله منه، ويصفونهم بنقيض ما أخبر الله عنهم؛ فإن الله عز وجل قد أخبر أنه قد رضي عن المهاجرين والأنصار ومدحهم، وهؤلاء الجهلة الأغبياء يسبونهم ويتنقصونهم، ويذكرون عنهم ما لم يكن ولا فعلوه أبدًا، فهم في الحقيقة منكوسو القلوب؛ يذمون الممدوحين، ويمدحون المذمومين!». (ابن كثير، «تفسير القرآن العظيم» (6/480).)

«މި އިންޒާރުގެ ތެރެއަށް އެންމެ ބޮޑަށް ވަންނަ މީހުންގެ ތެރޭގައި ﷲ އާއި އެކަލާނގެ ރަސޫލާއަށް ކާފިރުވި މީހުން ހިމެނެއެވެ. ދެން އެއަށްފަހު، ޞަޙާބީންނަށް އުނިކަންދީ، އަދި އެކަންކަމުން ﷲ އެބޭކަލުން ބަރީއަކުރައްވާފައިވާ ކަންކަމުން އެބޭކަލުންގެ ކިބައިގައި ޢައިބުތައްވާކަމަށް ބުނާ (ޝީޢީ) ރާފިޟީންނެވެ. އަދި އެބޭކަލުންނާމެދު ﷲ ޚަބަރުދެއްވާފައިވާ ގޮތާ މުޅިން އިދިކޮޅު ސިފަތަކުން އެބައިމީހުން އެ ޞަޙާބީން ސިފަކުރެއެވެ. އެހެނީ، ހަމަކަށަވަރުން މުހާޖިރުންނާއި އަންޞާރުންނާމެދު އެކަލާނގެ ރުހިވޮޑިގެންވާކަން ﷲ ޢައްޒަވަޖައްލަ ވަނީ ޚަބަރުދެއްވައި، އެބޭކަލުންނަށް ތަޢުރީފުކުރައްވާފައެވެ. ނަމަވެސް މި ޖާހިލު ގަމާރުން އެބޭކަލުންނަށް އެއްޗެހިކިޔައި، އެބޭކަލުންނަށް އުނިކަންދެއެވެ. އަދި އެބޭކަލުންގެ ފަރާތުން ދުވަހަކުވެސް ހިނގާފައިނުވާ އަދި އެބޭކަލުން ކޮށްފައިނުވާ ކަންކަމުގެ ވާހަކަ އެބައިމީހުން އެބޭކަލުންނަށް ނިސްބަތްކޮށް ދައްކައެވެ. ފަހެ، ޙަޤީޤަތުގައި އެބައިމީހުންނަކީ ހިތްތައް ބަންޑުންޖެހިފައިވާ ބައެކެވެ. ތަޢުރީފު ޙައްޤުވާ މީހުންނަށް އެބައިމީހުން ފާޑުކިޔައި ނުބައިބަސް ބުނެއެވެ. އަދި ފާޑުކިޔުމާއި ނުބައިބަސް ޙައްޤުވާ މީހުންނަށް އެބައިމީހުން ތަޢުރީފުކުރެއެވެ!»

އަދި ޝައިޚް ޢަބްދުއްރަޙްމާން އައްސަޢުދީ رحمه الله މި އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ.

قال الشيخ عبد الرحمن السعدي رحمه الله عند تفسير هذه الآية: «لهذا كان سب آحاد المؤمنين موجبًا للتعزير بحسب حالته وعلو مرتبته؛ فتعزير من سب الصحابة أبلغ، وتعزير من سب العلماء وأهل الدين أعظم من غيرهم». (السعدي، «تيسير الكريم الرحمن في تفسير كلام المنان» (ص 671).)

«އެހެންކަމުން މުއުމިނުންގެ ތެރެއިން ވަކިވަކި ފަރުދުންނަށް އެއްޗެހިކިޔުމަކީ، އެމީހެއްގެ ޙާލަތާއި އަދި އެމީހެއްގެ ދަރަޖައިގެ މަތިވެރިކަމާ އެއްގޮތްވާ ގޮތުގެމަތިން ތަޢުޒީރުގެ އަދަބު ވާޖިބުކުރުވާ ކަމެއްކަމުގައި ވިއެވެ. ފަހެ، އެހެންކަމުން ޞަޙާބީންނަށް އެއްޗެހިކިޔާ މީހާގެ ތަޢުޒީރުގެ އަދަބު މާ ބޮޑުވެފައި ހަރުކަށިވާނެއެވެ. އަދި ޢިލްމުވެރިންނާއި ދީނުގެ އަހުލުވެރިންނަށް އެއްޗެހިކިޔާ މީހާއަށް ދެވޭ ތަޢުޒީރުގެ އަދަބު އެނޫން މީހުންނަށްވުރެ ބޮޑުވާނެއެވެ.»

4. ﷲ، ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންނަށް ތަޢުރީފުކުރެއްވުމާއި، އެބޭކަލުންނާމެދު ކާފިރުން ރުޅިއައުން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنْجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ﴾ [الفتح: 29] (މާނައީ: މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނަކީ ކާފިރުންގެ މައްޗަށް ގަދަފަދަ، އެބައިމީހުންގެ މެދުގައި ރަޙުމުހުރި ބައެކެވެ. އެބައިމީހުން ރުކޫޢުކޮށް، ސަޖިދަކުރާތަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. ﷲ ގެ ކިބައިން ފަޟްލަވަންތަކަމާއި ރުއްސެވުމަށް އެބައިމީހުން އެދެއެވެ. އެބައިމީހުންގެ ސިފަ އެބައިމީހުންގެ މޫނުތަކުގައި ސަޖިދައިގެ އަސަރުން ފެންނަން ހުރެއެވެ. އެއީ ތައުރާތުގައި އެބައިމީހުންގެ މިޘާލު ބަޔާންވެގެންވާ ގޮތެވެ. އަދި އިންޖީލުގައި އެބައިމީހުންގެ މިޘާލު ބަޔާންވެފައިވަނީ ގޮވާމެއްގެ މިޘާލުންނެވެ. އޭގެ ކުރިތައް ފަޅުވައި، ދެން އޭގެ ގަސްތައް ވަރުގަދަވެ ބޯވެ، އޭގެ ފޯރިގަނޑުގެ މައްޗަށް ތެދުވެ ހަމަޖެހުމުން، އެ އިންދި މީހުން ޢަޖައިބުކޮށް އުފާކުރުވާ ގަހެއް ފަދައިންނެވެ. އެބައިމީހުން (އެބަހީ: ޞަޙާބީން) މެދުވެރިކުރައްވައި ކާފިރުން ރުޅިއެރުއްވުމަށްޓަކައެވެ.)

އަލްއިމާމް އަލްޤުރުޠުބީ رحمه الله ވިދާޅުވިއެވެ.

قال الإمام القرطبي رحمه الله: «روى أبو عروة الزبيري، من ولد الزبير: كنا عند مالك بن أنس، فذكروا رجلًا ينتقص أصحاب رسول الله صلى الله عليه وسلم، فقرأ مالك هذه الآية:﴿مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ﴾ حتى بلغ: ﴿يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ﴾. فقال مالك: من أصبح من الناس في قلبه غيظ على أحد من أصحاب رسول الله صلى الله عليه وسلم فقد أصابته هذه الآية. ذكره الخطيب أبو بكر. قلت: لقد أحسن مالك في مقالته، وأصاب في تأويله؛ فمن نقص واحدًا منهم أو طعن عليه في روايته، فقد رد على الله رب العالمين، وأبطل شرائع المسلمين». ثم ذكر الإمام القرطبي طائفة من الآيات التي تضمنت الثناء عليهم والشهادة لهم بالصدق والفلاح، ثم قال: «وهذا كله مع علمه تبارك وتعالى بحالهم، ومآل أمرهم». المصدر:القرطبي، «الجامع لأحكام القرآن» (16/296).

«އައްޒުބައިރުގެ ދަރިކޮޅުން ވަޑައިގެންނެވި އަބޫ ޢުރުވާ އައްޒުބައިރީ ރިވާކުރެއްވިއެވެ. ތިމަންމެން މާލިކު ބިން އަނަސްގެ އަރިހުގައި ތިބީމެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންނަށް އުނިކަންދީ ކުޑައިމީސްކުރާ މީހެއްގެ ވާހަކަ އެބޭކަލުން ދެއްކެވިއެވެ. ފަހެ އިމާމް މާލިކު މި އާޔަތް ކިޔަވާވިދާޅުވިއެވެ. ﴿مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ﴾ ފެށިގެންގޮސް ﴿يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ﴾ އާ ހަމައަށެވެ.

ފަހެ އިމާމް މާލިކު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންކުރެ އެއްވެސް ބޭކަލަކާމެދު، މީހެއްގެ ހިތުގައި ރުޅިވެރިކަމެއް އުފެދިއްޖެނަމަ ފަހެ، މި އާޔަތް އޭނާއާ ބައްދަލުކޮށްފިއެވެ. (މި އާޔަތުގައި ބަޔާންކުރެވިފައިވާ ކާފިރުންގެ ސިފަ އޭނާއަށް ލިބިއްޖެއެވެ.)

މި ވާހަކަ އަލްޚަޠީބު އަބޫބަކުރު ބަޔާންކުރައްވާފައިވެއެވެ.

ތިމަން (އިމާމް އަލްޤުރުޠުބީ) ވިދާޅުވަމެވެ. އިމާމް މާލިކު އެ ވިދާޅުވި ބަސްފުޅު ވަރަށްވެސް ފުރިހަމައެވެ. އަދި އެކަލޭގެފާނު އެކުރެއްވި ތައުވީލަކީ ޙައްޤު ތެދުގޮތެވެ. ފަހެ، އޭގެތެރެއިން އެންމެ ބޭކަލަކަށް ވިޔަސް އުނިކަންދީފި މީހާ، ނުވަތަ އެބޭކަލެއްގެ ރިވާޔަތާމެދު ފާޑުކިޔައި ތަޢުނުކޮށްފި މީހާ ފަހެ، ހަމަކަށަވަރުން އޭނާ އެވަނީ ޢާލަމްތަކުގެ ވެރި ﷲ އަށް ރައްދުދީ ދެކޮޅުހަދާފައެވެ. އަދި މުސްލިމުންގެ ޝަރީޢަތްތައް އޭނާ ބާޠިލުކޮށްފިއެވެ.»

ދެން އެއަށްފަހު، އެބޭކަލުންނަށް ތަޢުރީފުކުރެވިފައިވާ އަދި އެބޭކަލުންނަކީ ތެދުވެރިކަމާއި ކާމިޔާބީ ލިބިގެންވާ ބައެއްކަމަށް ހެކިދީފައިވާ އެތައް އާޔަތްތަކެއް އަލްއިމާމް އަލްޤުރުޠުބީ ގެންނެވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ.

«މިހުރިހާ ކަމެއް ﷲ ބަޔާންކުރައްވާފައި މިވަނީ، އެބޭކަލުންގެ ޙާލަތާއި އަދި އެބޭކަލުންގެ ކަންތައްތައް ނިމިގެންދާނެގޮތް ﷲ ތަބާރަކަ ވަތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ.»

ދެން އެއަށްފަހު، ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންނަށް ފާޑުކިޔައި ތަޢުނުކުރުމާ ދެކޮޅަށް އިންޒާރުދެއްވައި، ސަލަފުންނާއި އިމާމުންގެ ބަސްފުޅުތައް ވަނީ ގިނަގުނަވެގެންވާ މިންވަރަކަށް މުތަވާތިރުކޮށް އައިސްފައެވެ.

އަދި ސަލަފުންނާއި އިމާމުންގެ ކިބައިން، ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންގެ މަޤާމާއި ދަރަޖަ ބަޔާންކޮށްދެއްވުމުގައާއި، އަދި އެބޭކަލުންނަށް އެއްޗެހިކިޔުމާއި، ނުވަތަ އެބޭކަލުންނަށް އުނިކަންދިނުމާއި، ނުވަތަ އެބޭކަލުންނަށް ކުރެވިފައިވާ ކުށްތައް ހޯދައިބެލުމާއި، ނުވަތަ އެބޭކަލުންނާމެދު ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަން ހިތްތަކުގައި އުފުލުމާ ދެކޮޅަށް އިންޒާރުދެއްވައި ސާފު ބަސްފުޅުތައް އައިސްފައިވެއެވެ.

ތިރީގައި އެވަނީ މާތްވެގެންވާ ޞަޙާބީންނަށް ބަދުބަސްރައްދުކުރާ މީހުންގެ ޙަޤީޤަތް ބަޔާންކޮށްދެއްވައި، ސަލަފުންގެ އަޘަރުތަކާއި އިސްލާމީ އުންމަތުގެ ޢިލްމުވެރިން ދެއްވާފައިވާ ބަސްފުޅުތަކެވެ.

1. الإمام محمد بن علي بن الحسين الباقر رحمه الله (57–114هـ)

މުޙައްމަދު ބިން ޢަލީ ބިން އަލްޙުސައިން ބިން ޢަލީ رحمه الله ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ޖާބިރު އަލްޖުޢުފީއަށް ވިދާޅުވިއެވެ.


«އޭ ޖާބިރުއެވެ. ޢިރާޤުގައިވާ ބަޔަކު، ތިމަންބޭކަލުންދެކެ ލޯބިވާކަމަށް ދަޢުވާކުރާކަމުގެ ޚަބަރު ތިމަންކަލޭގެފާނަށް ފޯރައިފިއެވެ. އަދި އެބައިމީހުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ފާޑުކިޔައި ބަދުބަސްބުނެ ހަދައެވެ. އަދި އެކަމަށް ތިމަންކަލޭގެފާނު އެބައިމީހުންނަށް އަމުރުކުރައްވާ ކަމަށްވެސް އެބައިމީހުން ދަޢުވާކުރެއެވެ. ފަހެ، ތިމަންކަލޭގެފާނު ﷲ ގެ ޙަޟްރަތުގައި އެބައިމީހުންގެ ކިބައިން ބަރީއަވެގެންވާކަން އެބައިމީހުންނަށް އަންގާށެވެ. މުޙައްމަދު صلى الله عليه وسلم ފުރާނަފުޅު އެފަރާތެއްގެ ބާރުދަށުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، އެބައިމީހުންގެ ލެއިން ﷲ ތަޢާލާގެ ޙަޟްރަތަށް ތިމަންކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާހުށީމެވެ! އެ ދެބޭކަލުންނަށް ފާފަފުއްސެވުމަށާއި ރަޙުމަތްލެއްވުމަށް އެދި ތިމަންކަލޭގެފާނު ދުޢާ ނުކުރައްވާނަމަ، މުޙައްމަދު صلى الله عليه وسلم ގެ ޝަފާޢަތް ތިމަންކަލޭގެފާނަށް ނުލިބޭހުއްޓެވެ.»

عن محمد بن علي بن الحسين بن علي رحمه الله أنه قال لجابر الجعفي:

«يا جابرُ، بلغني أن قومًا بالعراق يزعمون أنهم يحبوننا، ويتناولون أبا بكر وعمر، ويزعمون أني آمرهم بذلك، فأبلغهم أني إلى الله منهم بريء، والذي نفس محمد بيده، لو وُلِّيتُ لتقربت إلى الله تعالى بدمائهم! لا نالتني شفاعة محمد صلى الله عليه وسلم إن لم أكن أستغفر لهما وأترحم عليهما». (أبو نعيم الأصبهاني، «حلية الأولياء» (3/185)، وانظر: ضياء الدين المقدسي، «النهي عن سب الأصحاب وما فيه من الإثم والعقاب» (ص 60).)


2. الإمام الأوزاعي رحمه الله (88–157هـ)

އަލްއިމާމް ޢަބްދުއްރަޙްމާން ބިން ޢަމްރު އަލްއައުޒާޢީ رحمه الله ވިދާޅުވިއެވެ.
«އަބޫބަކުރުއް ޞިއްދީޤު رضي الله عنه އަށް އެއްޗެހިކިޔައިފި (ސައްބުކޮށްފި) މީހާ ފަހެ، ހަމަކަށަވަރުން އޭނާގެ ދީނުން އޭނާ މުރުތައްދުވެއްޖެއެވެ. އަދި އޭނާގެ ލޭ އޭނާ ހުއްދަކޮށްފިއެވެ.»

قال الإمام عبد الرحمن بن عمرو الأوزاعي رحمه الله: «من شتم أبا بكر الصديق رضي الله عنه فقد ارتد عن دينه، وأباح دمه». (ابن بطة، «الإبانة الصغرى» (ص 178).)


3. الإمام مالك بن أنس رحمه الله (93–179هـ)

އަލްއިމާމް މާލިކު ބިން އަނަސް رحمه الله ވިދާޅުވިއެވެ.

«ހަމަކަށަވަރުން އެބައިމީހުންނަކީ ނަބިއްޔާ صلى الله عليه وسلم އަށް ފާޑުކިޔައި އުނިސިފަގުޅުވަން ބޭނުންވި ބައެކެވެ. ނަމަވެސް އެބައިމީހުންނަށް އެކަން ކުރުމަށް ކުޅަދާނަވެގެން ނުވިއެވެ. އެހެންކަމުން އެބައިމީހުން އެކަލޭގެފާނުގެ ޞަޙާބީންނަށް ފާޑުކިޔައި އުނިސިފަގުޅުވީއެވެ. އެއީ މިފަދައިން ބުނުވުމަށްޓަކައެވެ. (އެކަލޭގެފާނަކީ) ގޯސް މީހެކެވެ. އެކަލޭގެފާނުގެ އެކުވެރިންގެ ގޮތުގައި ތިބީވެސް ގޯސް ބައެކެވެ. އަދި އެކަލޭގެފާނަކީ ޞާލިޙު ރަނގަޅު ބޭކަލެއްނަމަ، އެކަލޭގެފާނުގެ ޞަޙާބީން ވެސް ވީހީ ޞާލިޙު ބަޔަކަށެވެ.»

قال الإمام مالك بن أنس رحمه الله تعالى: «إنما هؤلاء قوم أرادوا القدح في النبي صلى الله عليه وسلم، فلم يمكنهم ذلك، فقدحوا في أصحابه؛ حتى يقال: رجل سوء، كان له أصحاب سوء، ولو كان رجلًا صالحًا، كان أصحابه صالحين». (ابن تيمية، «الصارم المسلول» (ص 580).)

އަދިވެސް އަލްއިމާމް މާލިކު رحمه الله ވިދާޅުވިއެވެ.

«ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންނަށް އެއްޗެހިކިޔާ މީހާއަށް އިސްލާމްދީނުގައި އެއްވެސް ބައެއް – ނުވަތަ ވިދާޅުވިއެވެ: ނަޞީބެއް – ނުވެއެވެ.»

وقال الإمام مالك رحمه الله: «الذي يشتم أصحاب رسول الله صلى الله عليه وسلم ليس له سهم – أو قال: نصيب – في الإسلام». (ابن بطة، «الإبانة الصغرى» (ص 178).)


4. عبد الله بن مصعب الزبيري رحمه الله (114–184هـ)

ޢަބްދުﷲ ބިން މުޞްޢަބު رحمه الله ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.


«އަމީރުލްމުއުމިނީން އަލްމަހްދީ ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. “އޭ އަބޫބަކުރެވެ، ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންނަށް އެއްޗެހިކިޔާ މީހުންނާމެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟” ފަހެ ތިމަންކަލޭގެފާނު ދެންނެވީމެވެ “އޭ އަމީރުލްމުއުމިނީންއެވެ. އެއީ ޒިންދީޤުންނެވެ.”
އެކަލޭގެފާނު (އަލްމަހްދީ) ވިދާޅުވިއެވެ. “ކަލޭގެފާނު ފިޔަވައި އެހެން މީހަކު ތިޔަހެން ބުނިކަމެއް ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފައެއް ނުވެއެވެ! އެއީ ކިހިނެއްވެގެންތޯއެވެ؟”
ތިމަންކަލޭގެފާނު ދެންނެވީމެވެ. “ހަމަކަށަވަރުން އެބައިމީހުންނަކީ ރަސޫލުﷲ صلى الله عليه وسلم އަށް (އުނިކަންދޭން) ބޭނުންވި ބައެކެވެ. ނަމަވެސް އެކަލޭގެފާނާމެދު އެކަމުގައި އެބައިމީހުންނާ ބައިވެރިވެ ތަބާވާނެ އެކަކުވެސް މި އުންމަތުގެ ތެރެއިން އެބައިމީހުންނަކަށް ނުފެނުނެވެ. އެހެންކަމުން އެބައިމީހުން އެކަލޭގެފާނުގެ ޞަޙާބީން رضي الله عنهم އަށް އެއްޗެހިކީއެވެ. އޭ އަމީރުލްމުއުމިނީންއެވެ. މީހަކު ގޯސް އެކުވެރިންނާ އެކުވެރިވުމަކީ ކޮންފަދަ ހުތުރުކަންބޮޑު ކަމެއްތޯއެވެ! ފަހެ، އެބައިމީހުން އެބުނަނީ ކަހަލައެވެ. ރަސޫލުﷲ صلى الله عليه وسلم އެކުވެރިވެވަޑައިގަތީ ގޯސް އެކުވެރިންތަކަކާއެވެ.”
ފަހެ އެކަލޭގެފާނު ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވި ގޮތަށް މެނުވީ ތިމަންކަލޭގެފާނަށް ވެސް ފެނިވަޑައެއް ނުގަންނަވައެވެ.”»

عن عبد الله بن مصعب رحمه الله قال: «قال لي أمير المؤمنين المهدي: يا أبا بكر، ما تقول في الذين يشتمون أصحاب رسول الله صلى الله عليه وسلم؟ فقلت: زنادقة، يا أمير المؤمنين. قال: ما علمت أحدًا قال هذا غيرك! فكيف ذلك؟ قلت: إنما هم قوم أرادوا رسول الله صلى الله عليه وسلم، فلم يجدوا أحدًا من الأمة يتابعهم على ذلك فيه، فشتموا أصحابه رضي الله عنهم. يا أمير المؤمنين، ما أقبح بالرجل أن يصحب صحابة السوء! فكأنهم قالوا: رسول الله صلى الله عليه وسلم صحب صحابة السوء. فقال لي: ما أرى إلا كما قلت». (الإمام الحافظ ضياء الدين المقدسي رحمه الله (569–643هـ)، «النهي عن سب الأصحاب وما فيه من الإثم والعقاب» (ص 83).)


5. الإمام أحمد بن حنبل رحمه الله (164–241هـ)

އަލްއިމާމް އަޙްމަދު ބިން ޙަންބަލް رحمه الله ވިދާޅުވިއެވެ.

«މީހަކު ޞަޙާބީންކުރެ ބޭކަލަކަށް ގޯސްކޮށް ބަސްބުނާތަން ތިބާއަށް ފެނިއްޖެނަމަ، ފަހެ އޭނާގެ އިސްލާމްކަމާމެދު ތިބާ ތުހުމަތުކުރާށެވެ.»

قال الإمام أحمد بن حنبل رحمه الله: «إذا رأيت رجلًا يذكر أحدًا من الصحابة بسوء، فاتهمه على الإسلام». (ابن كثير، «البداية والنهاية» (8/142)، وانظر: «المسائل والرسائل المروية عن الإمام أحمد في العقيدة» للأحمدي (2/363–364).)

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.

«ރަސޫލުﷲ صلى الله عليه وسلمގެ ޞަޙާބީންކުރެ ބޭކަލަކަށް އުނިކަންދީފި މީހާ، ނުވަތަ އެއިން ބޭކަލެއްގެ ފަރާތުން ހިނގި ކަމަކާ ގުޅިގެން އެބޭކަލަކަށް ރުޅިއަރައިފި މީހާ، ނުވަތަ އެބޭކަލެއްގެ އުނިސިފައެއްގެ ވާހަކަދައްކައިފި މީހާ ފަހެ، އެންމެހައި ޞަޙާބީންނަށް ރަޙުމަތްލެއްވުން އެދި ދުޢާކޮށްފުމަށް ދާންދެން، އަދި އެބޭކަލުންނާމެދު އޭނާގެ ހިތް ސަލާމަތުން އޮތް ކަމުގައި ވެއްޖައުމަށް ދާންދެން އޭނާ ވާހުށީ ބިދުޢަވެރިއަކަށެވެ.»

وقال الإمام أحمد بن حنبل رحمه الله: «من انتقص أحدًا من أصحاب رسول الله صلى الله عليه وسلم، أو أبغضه بحدث كان منه، أو ذكر مساويه، كان مبتدعًا، حتى يترحم عليهم جميعًا، ويكون قلبه لهم سليمًا». («أصول السنة» للإمام أحمد (ص 54).)


6. الإمام أبو زرعة الرازي رحمه الله (200–264هـ)

އަލްއިމާމް އަބޫ ޒުރްޢާ އައްރާޒީ رحمه الله ވިދާޅުވިއެވެ.


«ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންކުރެ ބޭކަލަކަށް އުނިކަންދީ، ކުޑައިމީސްކުރާ މީހަކު ތިބާއަށް ފެނިއްޖެނަމަ، ފަހެ އޭނާއަކީ ޒިންދީޤެއްކަން ތިބާ ދަންނާށެވެ. އެއީ ތިމަންމެންގެ ގާތުގައި ރަސޫލާ صلى الله عليه وسلم އަކީ ޙައްޤު ތެދުކަމުގައިވާތީއެވެ. އަދި ޤުރުއާނަކީވެސް ޙައްޤު ތެދުކަމުގައިވާތީއެވެ. އަދި ތިމަންމެންނާ ހަމައަށް މި ޤުރުއާނާއި ސުންނަތްތައް ފޯރުކޮށްދެއްވީ ހަމައެކަނި ރަސޫލުﷲ صلى الله عليه وسلمގެ ޞަޙާބީންނެވެ. އަދި ހަމަކަށަވަރުން އެބައިމީހުން ބޭނުންވަނީ ފޮތާއި ސުންނަތް ބާޠިލުކުރުމަށްޓަކައި، ތިމަންމެންގެ ހެކިވެރިންގެ (އެބަހީ: ޞަޙާބީންގެ) އިތުބާރު ގެއްލުވައިލުމަށެވެ. (ޙަޤީޤަތުގައި) އެބައިމީހުންގެ އަމިއްލަ އިތުބާރު ގެއްލުވައިލުން މާ އައުލާކަން ބޮޑެވެ. އަދި އެބައިމީހުންނަކީ ޒިންދީޤުންނެވެ.»

قال الإمام أبو زرعة الرازي رحمه الله: «إذا رأيت الرجل ينتقص أحدًا من أصحاب رسول الله صلى الله عليه وسلم، فاعلم أنه زنديق؛ وذلك أن الرسول صلى الله عليه وسلم عندنا حق، والقرآن حق، وإنما أدى إلينا هذا القرآن والسنن أصحاب رسول الله صلى الله عليه وسلم، وإنما يريدون أن يجرحوا شهودنا ليبطلوا الكتاب والسنة، والجرح بهم أولى، وهم زنادقة». (الخطيب البغدادي، «الكفاية في علم الرواية» (ص 97).)


7. الإمام حرب بن إسماعيل الكرماني رحمه الله (ت 280هـ)

ޙަރްބު އަލްކިރްމާނީ رحمه الله ވިދާޅުވިއެވެ.


«ފާޅުވެގެންވާ، ބަޔާންވެގެންވާ، ޘާބިތުވެގެންވާ އަދި އެނގިގެންވާ ސުންނަތުގެ ތެރޭގައި ހިމެނެނީ: ރަސޫލުﷲ صلى الله عليه وسلم ގެ އެންމެހައި ޞަޙާބީންގެ ރަނގަޅު ސިފަތަކުގެ ވާހަކަދެއްކުމާއި، އެބޭކަލުންގެ އުނި ސިފަތަކުގެ ވާހަކަދެއްކުމުންނާއި އެބޭކަލުންގެ މެދުގައި ހިނގި ޚިލާފުތަކުގެ ވާހަކަދެއްކުމުން އެއްކިބާވެ ރައްކާތެރިވުމެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلمގެ ޞަޙާބީންނަށް، ނުވަތަ އޭގެތެރެއިން އެންމެ ބޭކަލަކަށް ވިޔަސް އެއްޗެހިކިޔައިފި މީހާ، ނުވަތަ އެބޭކަލަކަށް އުނިކަންދީފި މީހާ، ނުވަތަ އެބޭކަލުންނަށް ފާޑުކިޔައި ތަޢުނުކޮށްފި މީހާ، ނުވަތަ އެބޭކަލުންގެ ޢައިބުތަކަށް އިޝާރާތްކޮށްފި މީހާ، ނުވަތަ އެއިން ބޭކަލެއްގެ ކިބައިގައި ޢައިބެއްވާކަމަށް ކުޑަކޮށް ނުވަތަ ބޮޑުކޮށް، ނުވަތަ ސިއްރުން ނުވަތަ ފާޅުގައި ބުނެފި މީހާ، އެބަހީ އެއިން ބޭކަލަކަށް ބަދުބަސް ރައްދުކުރުމަށް މަގުފަހިވާފަދަ ކޮންމެ ކަމެއް ކޮށްފި މީހާ؛ ފަހެ އޭނާއަކީ ބިދުޢަވެރިއެކެވެ. ރާފިޟީއެކެވެ. ނުބައިކަންބޮޑުވެގެންވާ ޚަބީޘް މީހެކެވެ. އަދި (ސުންނަތާ) ޚިލާފުވެގަންނަ މީހެކެވެ.»

قال حرب الكرماني رحمه الله: «من السنة الواضحة البينة الثابتة المعروفة: ذكر محاسن أصحاب رسول الله صلى الله عليه وسلم كلهم أجمعين، والكف عن ذكر مساويهم والخلاف الذي شجر بينهم. فمن سب أصحاب رسول الله صلى الله عليه وسلم، أو أحدًا منهم، أو تنقصه، أو طعن عليهم، أو عرض بعيبهم، أو عاب أحدًا منهم بقليل أو كثير، أو دق أو جل، مما يتطرق به إلى الوقيعة في أحد منهم؛ فهو مبتدع رافضي خبيث مخالف». («إجماع السلف في الاعتقاد» (ص 70).)

އަދިވެސް ޙަރްބު އަލްކިރްމާނީ رحمه الله ވިދާޅުވިއެވެ.


«ދެން އެއަށްފަހު، މި ހަތަރު ބޭކަލުންނަށްފަހު (އެބަހީ ޚުލަފާއުއްރާޝިދޫންނަށްފަހު) މުޙައްމަދު صلى الله عليه وسلم ގެ ޞަޙާބީންނަކީ މީސްތަކުންކުރެ އެންމެ ހެޔޮވެގެންވާ މީހުންނެވެ. އެބޭކަލުންގެ އުނި ސިފަތަކުގެ ތެރެއިން އެއްވެސް ކަމެއް ވާހަކަދެއްކުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އޭގެތެރެއިން އެއްވެސް ބޭކަލަކަށް ޢައިބެއް، ނުވަތަ އުނިކަމެއް ނުވަތަ ބަދުބަހެއް ރައްދުކޮށް ފާޑުކިޔުމަކީވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ފަހެ އެފަދައިން ކަންތައްކޮށްފި މީހާގެ މައްޗަށް އަދަބުދީ ޢުޤޫބާތްދިނުމަކީ ސުލްޠާނުގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އޭނާއަށް މަޢާފުކުރުމުގެ ޙައްޤު ސުލްޠާނަށް ލިބިގެނެއް ނުވެއެވެ. އޭގެބަދަލުގައި އޭނާއަށް ޢުޤޫބާތްދޭނީއެވެ. ދެން އޭނާގެ ކިބައިން ތައުބާވުމަށް އެދޭނީއެވެ. ފަހެ އޭނާ ތައުބާވެއްޖެނަމަ އެކަން އޭނާގެ ކިބައިން ޤަބޫލުކުރެވޭނެއެވެ. އޭނާ ތައުބާނުވެއްޖެނަމަ އޭނާގެ މައްޗަށް ޢުޤޫބާތް ތަކުރާރުކުރާނީއެވެ. ދެން އޭނާ ތައުބާވެ ރުޖޫޢަވެއްޖައުމަށް ދާންދެން ޖަލުގައި ބަންދުކޮށްފައި ބަހައްޓާނީއެވެ. ފަހެ މުޙައްމަދު صلى الله عليه وسلم ގެ ޞަޙާބީންނާމެދު އޮތް ސުންނަތަކީ މިއީއެވެ.»

وقال حرب الكرماني رحمه الله: «ثم أصحاب محمد صلى الله عليه وسلم بعد هؤلاء الأربعة خير الناس، لا يجوز لأحد أن يذكر شيئًا من مساويهم، ولا يطعن على أحد منهم بعيب، ولا بنقص، ولا وقيعة. فمن فعل ذلك فالواجب على السلطان تأديبه وعقوبته، ليس له أن يعفو عنه، بل يعاقبه ثم يستتيبه، فإن تاب قبل منه، وإن لم يتب أعاد عليه العقوبة، ثم خلده الحبس، حتى يتوب ويراجع. فهذه السنة في أصحاب محمد صلى الله عليه وسلم». («إجماع السلف في الاعتقاد» (ص 70).)


8. الإمام أبو عبد الرحمن النسائي رحمه الله (215–303هـ)

އަލްއިމާމް އަންނަސާއީ رحمه الله ވިދާޅުވިއެވެ.


«ހަމަކަށަވަރުން އިސްލާމްދީން ވަނީ ދޮރެއްލާފައިވާ ގެއެއް ފަދައިންނެވެ. ފަހެ އިސްލާމްދީނުގެ ދޮރަކީ ޞަޙާބީންނެވެ. ފަހެ ޞަޙާބީންނަށް ގޯނާކޮށްފި މީހާ ހަމަކަށަވަރުން އެ ޤަޞްދުކުރީ އިސްލާމްދީނަށެވެ. އެއީ ދޮރުގައި ޓަކިޖަހާ މީހާ، ހަމަކަށަވަރުން އެ ގެއަށް ވަނުމަށް ޤަޞްދުކުރާ ފަދައިންނެވެ.» ދެން އެކަލޭގެފާނު ވިދާޅުވިއެވެ. «ފަހެ މުޢާވިތަޔުގެފާނަށް (ގޯސްކޮށް ބަސްރައްދުކުރަން) ޤަޞްދުކޮށްފި މީހާ، ހަމަކަށަވަރުން އެ ޤަޞްދުކުރީ އެންމެހައި ޞަޙާބީންނަށެވެ.»

قال الإمام النسائي رحمه الله: «إنما الإسلام كدار لها باب، فباب الإسلام الصحابة، فمن آذى الصحابة إنما أراد الإسلام، كمن نقر الباب إنما يريد دخول الدار». ثم قال: «فمن أراد معاوية فإنما أراد الصحابة». (المزي، «تهذيب الكمال في أسماء الرجال» (1/339).)


9. الإمام الحسن بن علي البربهاري رحمه الله (ت 329هـ)

އަލްއިމާމް އަލްބަރްބަހާރީ رحمه الل ވިދާޅުވިއެވެ.


«ދަންނާށެވެ! މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންކުރެ ބޭކަލަކަށް ބަދުބަސްބުނެ ކުޑައިމީސްކޮށްފި މީހާ، ފަހެ ހަމަކަށަވަރުން އޭނާ އެ ޤަޞްދުކުރީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކަން ތިބާ ދަންނާށެވެ. އަދި ހަމަކަށަވަރުން އޭނާ އެކަލޭގެފާނުގެ ޤަބުރުފުޅުގައި އެކަލޭގެފާނަށް އެވަނީ ގޯނާކޮށްފައެވެ.»

قال الإمام البربهاري رحمه الله: «اعلم أنه من تناول أحدًا من أصحاب محمد صلى الله عليه وسلم، فاعلم أنه إنما أراد محمدًا صلى الله عليه وسلم، وقد آذاه في قبره». («شرح السنة» (ص 120).)

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.


«ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންކުރެ ބޭކަލަކަށް ފާޑުކިޔައި ތަޢުނުކުރާ މީހަކު ތިބާއަށް ފެނިއްޖެނަމަ، ފަހެ އެއީ ނުބައި ބަހާއި ހަވާނަފްސުގެ އަހުލުވެރިއެއްކަން ތިބާ ދަންނާށެވެ… އަދި އެބޭކަލުންނަށް ކުރެވުނު ކުށެއްގެ ވާހަކައެއް، އަދި އެބޭކަލުންގެ މެދުގައި ހިނގި ހަނގުރާމައެއްގެ ވާހަކައެއް ތިބާ ނުދައްކާށެވެ. އަދި ތިބާއަށް އެކަމުގެ ޢިލްމު ފޮރުވިގެންވާ ކަމެއްގެ ވާހަކަވެސް ނުދައްކާށެވެ. އަދި އެވާހަކަތައް ދައްކާ މީހެއްގެ ކިބައިން ތިބާ އެވާހަކަތައް އަޑުވެސް ނުއަހާށެވެ. ފަހެ ހަމަކަށަވަރުން ތިބާ އެވާހަކަތައް އަޑުއަހައިފިނަމަ ތިބާގެ ހިތް ތިބާއަށް ސަލާމަތުން ނޯންނާނެއެވެ.»

قال الإمام البربهاري رحمه الله: «إذا رأيت الرجل يطعن على أحد من أصحاب رسول الله صلى الله عليه وسلم، فاعلم أنه صاحب قول سوء وهوى… ولا تحدث بشيء من زللهم ولا حربهم، ولا ما غاب عنك علمه، ولا تسمعه من أحد يحدث به؛ فإنه لا يسلم لك قلبك إن سمعته». («شرح السنة» (ص 111).)


10. الإمام أبو نعيم الأصبهاني رحمه الله (336–430هـ)

އަލްއިމާމް އަބޫ ނުޢައިމް އަލްއަޞްބަހާނީ رحمه الله ވިދާޅުވިއެވެ.


«ފަހެ، ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންގެ ކުށްތަކާއި ވެއްޓުންތަކުގެ ފަހަތުން އަޅައި ހޯދައި، އަދި ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ ޙާލަތުގައި އެބޭކަލުންގެ ފަރާތުން ހިނގާފައިވާ ކަންކަން އެބޭކަލުންނާ ދެކޮޅަށް ރައްކާކޮށް ހަދާނީ، އޭނާގެ ދީނާމެދު އޭނާގެ ހިތް ފިތުނަވެ މަގުފުރެދިފައިވާ މީހަކު ކަމުގައި މެނުވީ ނުވެއެވެ.»

قال الإمام أبو نعيم الأصبهاني رحمه الله تعالى: «فلا يتتبع هفوات أصحاب رسول الله صلى الله عليه وسلم وزللهم، ويحفظ عليهم ما يكون منهم في حال الغضب والموجدة، إلا مفتون القلب في دينه». (أبو نعيم، «تثبيت الإمامة وترتيب الخلافة» (ص 344).)

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.


«ނަބިއްޔާ صلى الله عليه وسلم އާއި، އެކަލޭގެފާނުގެ ޞަޙާބީންނާއި، އިސްލާމްދީނާއި އަދި މުސްލިމުންނާމެދު އޭނާގެ އެތެރެފުށުގެ ނިޔަތް ނުބައިވެފައިވާ މީހަކު މެނުވީ، އެބޭކަލުންނާމެދު އޭނާގެ ދޫ ދިގުކޮށް (ނުބައިބަސްބުނެ) ނުހަދާނެއެވެ.»

قال الإمام أبو نعيم الأصبهاني رحمه الله تعالى: «لا يبسط لسانه فيهم إلا من سوء طويته في النبي صلى الله عليه وسلم، وصحابته، والإسلام، والمسلمين». (أبو نعيم، «تثبيت الإمامة وترتيب الخلافة» (ص 376).)


11. الإمام الحسين بن مسعود البغوي رحمه الله (433/436–516هـ)

އަލްއިމާމް އަލްބަޣަވީ رحمه الله، ﷲ ތަޢާލާގެ މި ބަސްފުޅު ﴿وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا﴾ [الحشر: 10] ތަފްސީރުކުރައްވަމުން ވިދާޅުވިއެވެ.

«މާލިކު ބިން މިޣްވަލް ވިދާޅުވިއެވެ: ޢާމިރު ބިން ޝަރާޙީލް އައްޝަޢުބީ ވިދާޅުވިއެވެ. އޭ މާލިކުއެވެ. ޔަހޫދީންނާއި ނަޞާރާއިން އެއް ސިފައަކުން ރާފިޟީންގެ މައްޗަށް ކުރިއަރައިފިއެވެ. ޔަހޫދީންނާ ސުވާލުކުރެވުނެވެ. ތިޔަބައިމީހުންގެ ދީނުގެ އަހުލުވެރިންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބަޔަކީ ކޮބައިހެއްޔެވެ؟ ފަހެ އެމީހުން ބުންޏެވެ. މޫސާގެފާނުގެ ޞަޙާބީންނެވެ. އަދި ނަޞާރާއިންނާ ސުވާލުކުރެވުނެވެ. ތިޔަބައިމީހުންގެ ދީނުގެ އަހުލުވެރިންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބަޔަކީ ކޮބައިހެއްޔެވެ؟ ފަހެ އެމީހުން ބުންޏެވެ. ޢީސާގެފާނުގެ ޙަވާރިއްޔޫންނެވެ. އަދި ރާފިޟީންނާ ސުވާލުކުރެވުނެވެ. ތިޔަބައިމީހުންގެ ދީނުގެ އަހުލުވެރިންގެ ތެރެއިން އެންމެ ނުބައިވެގެންވާ ބަޔަކީ ކޮބައިހެއްޔެވެ؟ ފަހެ އެމީހުން ބުންޏެވެ. މުޙައްމަދު صلى الله عليه وسلم ގެ ޞަޙާބީންނެވެ! އެބޭކަލުންނަށް ފާފަފުއްސެވުމަށް އެދި ދުޢާކުރުމަށް އެބައިމީހުންނަށް އަމުރުކުރެއްވުނެވެ. ނަމަވެސް އެބައިމީހުން އެބޭކަލުންނަށް އެއްޗެހިކިޔައި ލަޢުނަތްދިނީއެވެ. ފަހެ ޤިޔާމަތްދުވަހާ ހަމައަށް އެބައިމީހުންނާ ދެކޮޅަށް ކަނޑިވަނީ އުރައިން ނެގިގެންނެވެ. އެބައިމީހުންނަށް އެއްވެސް ދިދައެއް ކޮޅަކަށް ނުހުންނާނެއެވެ. އަދި އެބައިމީހުންނަށް އެއްވެސް ފިޔަވަޅެއް ޘާބިތެއް ނުވާނެއެވެ. އަދި އެބައިމީހުންގެ ބަހެއް އެއްގޮތްވެ އެއްބައެއް ނުވާނެއެވެ. ހަނގުރާމައަކަށް އެބައިމީހުން އަލިފާނެއް ރޯކުރާ ކޮންމެ ފަހަރަކު، އެބައިމީހުންގެ ލޭ އޮހުރުވައިލުމުންނާއި، އެބައިމީހުންގެ ޖަމާޢަތް ރޫޅައިލުމުންނާއި، އެބައިމީހުންގެ ޙުއްޖަތް ބާޠިލުކުރެއްވުމުން ﷲ އެ އަލިފާން ނިއްވައިލައްވައެވެ. މަގުފުރައްދަނިވި ފިތުނަތަކުން ﷲ އަހުރެމެންނާއި ތިޔަބައިމީހުން ސަލާމަތްކުރައްވާށިއެވެ.»

قال الإمام البغوي رحمه الله عند تفسير قول الله تعالى: ﴿وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا﴾ [الحشر: 10]: «قال مالك بن مغول: قال عامر بن شراحيل الشعبي: يا مالك، تفاضلت اليهود والنصارى على الرافضة بخصلة؛ سئلت اليهود: من خير أهل ملتكم؟ فقالت: أصحاب موسى عليه السلام. وسئلت النصارى: من خير أهل ملتكم؟ فقالوا: حواري عيسى عليه السلام. وسئلت النصارى: من خير أهل ملتكم؟ فقالوا: حواري عيسى عليه السلام. أمروا بالاستغفار لهم فسبوهم، فالسيف عليهم مسلول إلى يوم القيامة، لا تقوم لهم راية، ولا يثبت لهم قدم، ولا تجتمع لهم كلمة، كلما أوقدوا نارًا للحرب أطفأها الله بسفك دمائهم، وتفريق شملهم، وإدحاض حجتهم، أعاذنا الله وإياكم من الفتن المضلة». (البغوي، «معالم التنزيل» المعروف بـ«تفسير البغوي» (5/61).)

އަދިވެސް އަލްއިމާމް އަލްބަޣަވީ رحمه الله ވިދާޅުވިއެވެ.


«ޞަޙާބީންކުރެ އެއްވެސް ބޭކަލަކާމެދު އެމީހެއްގެ ހިތުގައި ޙަސަދަވެރިކަމާއި ރުޅިވެރިކަމެއްވާ ކޮންމެ މީހަކު، އަދި އެންމެހައި ޞަޙާބީންނަށް ރަޙުމަތްލެއްވުމަށްއެދި ދުޢާނުކުރާ ކޮންމެ މީހަކު ފަހެ، ހަމަކަށަވަރުން އެމީހަކީ މި އާޔަތުގައި ﷲ މުރާދުކުރެއްވި މީހުންގެ ތެރެއިންވާ މީހެއް ނޫނެވެ. އެހެނީ ﷲ ތަޢާލާ މުއުމިނުން ތިން ދަރަޖައަކަށް ބައްސަވާފައިވެއެވެ. އެއީ މުހާޖިރުންނާއި، އަންޞާރުންނާއި އަދި ބަޔާންވެދިޔަ ސިފަތަކުން ސިފަލިބިގެންވާ ތާބިޢީން (ތަބަޢަވި މީހުން) ނެވެ. ފަހެ، މި ސިފަ ލިބިގެންވާ ތާބިޢީންގެ ތެރެއިން ނުވާމީހާ، މުއުމިނުންގެ ބައިތަކުން ބޭރުވެއްޖެއެވެ.
އިބްނު އަބީ ލައިލާ ވިދާޅުވިއެވެ. މީސްތަކުން ވަނީ ތިން ދަރަޖައެއްގައެވެ. އެއީ މުހާޖިރުންނާއި، އަމިއްލަ ވަޒަނާއި އީމާންކަމުގައި ޤާއިމުވެތިބި މީހުންނާއި (އަންޞާރުންނާއި)، އަދި އެބައިމީހުންގެ ފަހުން އައި (އެބައިމީހުންނަށް ހެޔޮކަމުގައި ތަބަޢަވީ) މީހުންނެވެ. ފަހެ، މި ދަރަޖަތަކުން ބޭރުވެފައިވާ މީހަކު ކަމުގައި ނުވުމަށް ތިބާ ގަދައަޅައި މަސައްކަތްކުރާށެވެ.»

وقال الإمام البغوي رحمه الله أيضًا: «كل من كان في قلبه غل على أحد من الصحابة، ولم يترحم على جميعهم، فإنه ليس ممن عناه الله بهذه الآية؛ لأن الله تعالى رتب المؤمنين على ثلاثة منازل: المهاجرين، والأنصار، والتابعين الموصوفين بما ذكر، فمن لم يكن من التابعين بهذه الصفة كان خارجًا من أقسام المؤمنين. قال ابن أبي ليلى: الناس على ثلاثة منازل: المهاجرين، والذين تبوؤوا الدار والإيمان، والذين جاءوا من بعدهم، فاجتهد أن لا تكون خارجًا من هذه المنازل». (البغوي، «تفسير البغوي» (5/61).)


12. الإمام يحيى بن شرف النووي رحمه الله (631–676هـ)

އަލްއިމާމް އައްނަވަވީ رحمه الله އިފްކުގެ ޙާދިޘާގެ ޙަދީޘުން ލިބޭ ފައިދާތައް ބަޔާންކުރައްވަމުން ވިދާޅުވިއެވެ.


«ސާޅީސް އެއްވަނަ ފައިދާ: ޢާއިޝާ رضي الله عنها އިފްކުގެ ޙާދިޘާއިން ބަރީއަވެގެންވުމެވެ. އަދި އެއީ މާތްވެގެންވާ ޤުރުއާނުގެ ނައްޞުން ޤަޠުޢީކޮށް (ކަނޑައެޅިގެން ޔަޤީންވާގޮތަށް) ސާބިތުވާ ބަރީއަވުމެކެވެ. ފަހެ އިންސާނަކު އެކަމާމެދު ޝައްކުކޮށްފިނަމަ – ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ – މުސްލިމުންގެ އިޖުމާޢުން އޭނާއަކީ ކާފިރުވެފައިވާ މުރުތައްދުވެރިއަކަށް ވެއްޖެއެވެ.»

قال الإمام النووي رحمه الله في فوائد حديث حادثة الإفك: «الحادية والأربعون: براءة عائشة رضي الله عنها من الإفك، وهي براءة قطعية بنص القرآن العزيز، فلو تشكك فيها إنسان – والعياذ بالله – صار كافرًا مرتدًا بإجماع المسلمين». (النووي، «شرح صحيح مسلم» (17/117).)


13. شيخ الإسلام ابن تيمية رحمه الله (661–728هـ)

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންނާމެދު އަހުލުއްސުންނަތް ވަލްޖަމާޢަތުގެ ޢަޤީދާ ބަޔާންކުރައްވަމުން ވިދާޅުވިއެވެ.

«އަދި ޞަޙާބީންގެ މެދުގައި ހިނގައިދިޔަ ދެބަސްވުންތަކާއި ޚިލާފުތަކާ މެދު ވާހަކަދެއްކުމުން އެބައިމީހުން އެއްކިބާވެ ރައްކާތެރިވެއެވެ. އަދި އެބައިމީހުން ބުނެއެވެ: ހަމަކަށަވަރުން އެބޭކަލުންގެ އުނިސިފަތަކާ ގުޅޭގޮތުން ރިވާވެފައިވާ މި އަޘަރުތަކުގެ ތެރޭގައި، ކަނޑައެޅިގެން ދޮގު ރިވާޔަތްތައް ވެއެވެ. އަދި އޭގެތެރޭގައި އެއަށް އިތުރުކުރެވި، އުނިކުރެވި، އޭގެ އަޞްލު ޙަޤީޤަތް އޮޅޭގޮތަށް ބަދަލުކުރެވިފައިވާ ރިވާޔަތްތައް ވެސް ވެއެވެ. އަދި އޭގެތެރެއިން ޞައްޙަވެގެންވާ ކަންކަމުގައި، އެބޭކަލުންނަކީ ޢުޛުރުވެރި ކުރެވިގެންވާ ބޭކަލުންނެވެ. އެބޭކަލުންނަކީ އިޖުތިހާދުކުރައްވައި އެ އިޖުތިހާދު ރަނގަޅުވި ބޭކަލުންނެވެ. ނުވަތަ އިޖުތިހާދުކުރައްވައި، އެ އިޖުތިހާދުގައި ކުށްކުރެވުނު ބޭކަލުންނެވެ.»

قال شيخ الإسلام ابن تيمية رحمه الله في بيان عقيدة أهل السنة والجماعة في أصحاب رسول الله صلى الله عليه وسلم: «ويمسكون عما شجر بين الصحابة، ويقولون: إن هذه الآثار المروية في مساويهم منها ما هو كذب، ومنها ما قد زيد فيه ونقص وغير عن وجهه، والصحيح منه هم فيه معذورون: إما مجتهدون مصيبون، وإما مجتهدون مخطئون». (ابن تيمية، «العقيدة الواسطية».)

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.


«އެހެނެއްކަމަކު، އެއަށްވުރެ ހައްދުފަހަނަޅައިގޮސް، ރަސޫލުﷲ صلى الله عليه وسلم އަވަހާރަވުމަށްފަހު، ތޭރައާއި ނަވާރައާ ދެމެދުގެ ޢަދަދަކަށްވެސް ނުފޯރާ ވަރަށް މަދު ބައެއް ފިޔަވައި އެންމެހައި ޞަޙާބީން މުރުތައްދުވެއްޖެކަމަށް، ނުވަތަ އެބޭކަލުންގެ ގިނަމީހުން ފާސިޤުވެއްޖެކަމަށް ދަޢުވާކުރާ މީހާ ފަހެ، މިފަދަ މީހާ ކާފިރުވެއްޖެކަމާމެދުވެސް އެއްވެސް ޝައްކެއް ނެތެވެ. އެހެނީ ހަމަކަށަވަރުން އޭނާ އެވަނީ، ﷲ އެބޭކަލުންނާމެދު ރުހިވޮޑިގެންވާކަމާއި އެބޭކަލުންނަށް ޘަނާގެ ބަސް ވަޙީކުރައްވައި ޤުރުއާނުގެ އެތައް ތަނެއްގައި ބަޔާންކުރައްވާފައިވާ ނައްޞުތައް ދޮގުކޮށްފައެވެ. އަދި ކިއެއްތަ، މިފަދަ މީހާގެ ކާފިރުކަމާމެދު ޝައްކުކުރާ މީހާ ފަހެ، ހަމަކަށަވަރުން އޭނާގެ ކާފިރުކަންވެސް ވަނީ ކަށަވަރުވެގެންނެވެ... އަދި މިފަދަ މީހެއްގެ ކާފިރުކަމަކީ އިސްލާމްދީނުގައި އެކަމާމެދު އެއްވެސް އޮޅުމެއްނެތި ޟަރޫރީކޮށް އެނގެން އޮތް ކަންކަމުގެ ތެރެއިންވާ ކަމެކެވެ.»

قال شيخ الإسلام ابن تيمية رحمه الله: «أما من جاوز ذلك إلى أن زعم أنهم ارتدوا بعد رسول الله صلى الله عليه وسلم إلا نفرًا قليلًا لا يبلغون بضعة عشر نفسًا، أو أنهم فسقوا عامتهم، فهذا لا ريب أيضًا في كفره؛ فإنه مكذب لما نصه القرآن في غير موضع من الرضا عنهم والثناء عليهم، بل من يشك في كفر مثل هذا فإن كفره متعين… وكفر هذا مما يعلم بالاضطرار من دين الإسلام». (ابن تيمية، «الصارم المسلول على شاتم الرسول» (3/1110).)


14. الإمام الحافظ ابن كثير رحمه الله (701–774هـ)

އަލްއިމާމް އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.
«ޞަޙާބީންނަށް އެއްޗެހިކިޔާ މީހާ ކާފިރުވާނެކަމަށް ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެފައިވެއެވެ. އަދި އެއީ މާލިކު ބިން އަނަސް رحمه الله ގެ ކިބައިން އައިސްފައިވާ ރިވާޔަތެކެވެ.
އަދި މުޙައްމަދު ބިން ސީރީން ވިދާޅުވިއެވެ. މީހަކު ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވާ ޙާލު، އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް އުނިކަންދީ ކުޑައިމީސްކުރާނެ ކަމަކަށް ތިމަންކަލޭގެފާނު ހީފުޅެއް ނުކުރައްވަމެވެ.»

قال الإمام ابن كثير رحمه الله: «قد ذهب طائفة من العلماء إلى تكفير من سب الصحابة، وهو رواية عن مالك بن أنس رحمه الله. وقال محمد بن سيرين: ما أظن أحدًا ينتقص أبا بكر وعمر، وهو يحب رسول الله صلى الله عليه وسلم». (ابن كثير، «تفسير القرآن العظيم» (2/284).)

އަދިވެސް އަލްއިމާމް އިބްނު ކަޘީރު رحمه الله، ﷲ ތަޢާލާގެ މި ބަސްފުޅު ﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾ [النور: 23] ތަފްސީރުކުރައްވަމުން ވިދާޅުވިއެވެ.

«އެންމެހައި ޢިލްމުވެރިން މުޅިން އިޖުމާޢުވެވަޑައިގެންފައިވެއެވެ. މި އާޔަތުގައި މި ބަޔާންކުރެވުނު ކަންތައްތަކަށްފަހު، އެކަމަނާ (ޢާއިޝާގެފާނު) އަށް އެއްޗެހިކިޔައިފި މީހާ، އަދި އެކަމަނާއަށް ކުރިންވެސް ރައްދުކުރެވުނުފަދަ ދޮގު ތުހުމަތެއް އޭގެފަހުން ރައްދުކޮށްފި މީހާ ފަހެ، ހަމަކަށަވަރުން އޭނާއަކީ ކާފިރެކެވެ. އެހެނީ އޭނާ އެވަނީ ޤުރުއާނާ ދެކޮޅުހަދައި ގޮތްދޫނުކޮށްފައެވެ.»

وقال الإمام ابن كثير رحمه الله عند تفسير قول الله تعالى: ﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾ [النور: 23]: «أجمع العلماء رحمهم الله قاطبة على أن من سبها بعد هذا، ورماها بما رماها به بعد هذا الذي ذكر في هذه الآية، فإنه كافر؛ لأنه معاند للقرآن». (ابن كثير، «تفسير القرآن العظيم» (6/31).)


15. الإمام ابن أبي العز الحنفي رحمه الله (731–792هـ)

އަލްއިމާމް ޞަދްރުއްދީން ޢަލީ ބިން ޢަލީ އިބްނު އަބީ އަލްޢިއްޒު އަލްޙަނަފީ رحمه الله ވިދާޅުވިއެވެ.


«ޞަޙާބީން رضي الله عنهم އަށް އެއްޗެހިކިޔުމަކީ، އެއީ އާލުބައިތުންނަށް އެއްޗެހިކިޔުމަށް މަގުފަހިކުރުވާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި އޭގެފަހުން ރަސޫލާ صلى الله عليه وسلم އަށް އެއްޗެހިކިޔުމަށްވެސް މަގުފަހިކޮށްދޭނެއެވެ. އެހެނީ، މިފަދަ ޢަމަލުތައް ހިންގައި، މި ދޮގުތައް ހަދައި އުޅޭ މީހުންގެ ގާތުގައި އެކަލޭގެފާނުގެ އާލުބައިތުންނާއި އެކަލޭގެފާނުގެ ޞަޙާބީންނަކީ ހަމަ އެފަދަ ބައެކެވެ.»

قال الإمام صدر الدين علي بن علي ابن أبي العز الحنفي رحمه الله: «لا شك أنه يتطرق من سب الصحابة رضي الله عنهم إلى سب أهل البيت، ثم إلى سب الرسول صلى الله عليه وسلم؛ إذ أهل بيته وأصحابه مثل هؤلاء عند الفاعلين الصانعين». (ابن أبي العز، «شرح العقيدة الطحاوية» (2/740).)

ޚުލާޞާއާއި އިންޒާރު

މި ހުރިހާ ޤުރުއާނުގެ އާޔަތްތަކާއި، ނަބަވީ ޙަދީޘްތަކާއި އަދި ސަލަފުއްޞާލިޙުންގެ ޤަޠުޢީ ބަސްފުޅުތަކުން، ރަސޫލުﷲ (صلى الله عليه وسلم) ގެ މާތް ޞަޙާބީންނަށް ބަދުބަސްރައްދުކުރާ ރާފިޟީންގެ ކުފުރާއި މަގުފުރެދުން މިވަނީ އިރުގެ އަލިކަންފަދައިން ފާޅުވެފައެވެ.

އެހެންކަމުން، އިސްލާމްދީންދެކެ ލޯބިވާކަމަށް ދަޢުވާކުރާ ނުވަތަ މުސްލިމުންކަމުގައި ހެދިގެން ތިބޭ ބަޔަކު، އަދި ޚާއްޞަކޮށް ޢިލްމުވެރިންގެ ނަން ދީގެން އުޅޭ މީހުން ކަމުގައިވާ ޑރ. މަޢުރޫފް ޙުސައިން އަދި ޙުސައިން ރަޝީދު އަޙްމަދު ފަދަ މީހުންނާއި، އަދި އެމީހުންގެ ފިކުރީ ލީޑަރުން ކަމުގައިވާ ސައްޔިދު ޤުޠުބާއި ޙަސަން އަލްބައްނާ ފަދަ މީހުން، މި ނުބައިވެގެންވާ ރާފިޟީންނަށް ތަޢުރީފުކޮށް ވާހަކަދައްކާތަން ތިބާއަށް ފެނިއްޖެނަމަ، އެމީހުންނާމެދު ރައްކާތެރިވެ ހޭލާށެވެ!

މިއަދު އީރާނުގެ ޚުމައިނީއާއި ޚާމަނާއީ ފަދަ ރާފިޟީންނަށާއި، ޔަމަނުގެ ޙޫޘީންނަށާއި، ލުބުނާނުގެ ޙިޒްބުއްލާތުގެ ޙަސަން ނަޞްރުﷲ ފަދަ، ރެޔާއިދުވާލު ޞަޙާބީންނަށް ލަޢުނަތްދީ ބަދުބަސްބުނާ މީހުންނަށް ތަޢުރީފުކޮށް، އެމީހުންނަކީ މުސްލިމުންގެ ބަޠަލުންކަމުގައި ހަދައިގެން ‘ބިތުފަންގި’ ފަދަ ނޫސްތަކުންނާއި އެހެނިހެން މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާމެދު އިންތިހާއަށް ސަމާލުވެ ރައްކާތެރިވާށެވެ!

ދަންނާށެވެ! ޞަޙާބީންނަށް އެއްޗެހިކިޔާ މިފަދަ ޒިންދީޤުންނަށް ތަޢުރީފުކޮށް އެމީހުންނަށް ވާގިވެރިވާ މީހުން، އެ ވާގިވެރިވަނީ އިސްލާމްދީން ފުނޑުފުނޑުކޮށް ނައްތާލުމަށެވެ. އިމާމް އަޙްމަދު ބިން ޙަންބަލްގެ ބަސްފުޅުގައިވާ ފަދައިން، މިފަދަ މީހުންގެ އިސްލާމްކަމާމެދު ތިޔަބައިމީހުން ޝައްކުކުރާށެވެ. އަދި އެމީހުންގެ ލިޔުންތައް ކިޔުން ހުއްޓާލައި، އެމީހުންނާ އެތައް މޭލުތަކުން ދުރުވާށެވެ.

މި ސައްތައިން ސައްތަ ސުންނީ ޤައުމުގެ އަމަންއަމާންކަން ނަގާލައި، ޤައުމުގެ އެތެރޭގައި ފިތުނަ އުފައްދައި، ރާފިޟީންގެ ނިރުބަވެރި (ޓެރަރިސްޓް) ފިކުރު މި ޤައުމުގައި ފެތުރުމަށް މަސައްކަތްކުރާ މިފަދަ މީހުންނަކީ، މުސްލިމުންގެ ނަމުގައި ތިބި މުނާފިޤުންކަމުގައި ވުން މާގާތްވެފައި އައުލާކަން ބޮޑެވެ. ﷲ މި އުންމަތް ރާފިޟީންނާއި އެމީހުންނަށް ވާގިވެރިވާ މީހުންގެ ނުބައިކަމުން ސަލާމަތްކުރައްވާށިއެވެ!

މި ލިޔުން ޙިއްޞާކުރައްވާ