ފަހަކަށް އައިސް މީސްމީޑިއާގައި ބައެއް ޖާހިލުން ޔަމަނުގެ ރާފިޟީ ޙޫޘީންނާ ގުޅޭގޮތުން ނުރައްކާތެރި މަގުފުރެދުންތަކެއް ދަނީ ފަތުރަމުންނެވެ. ދީނުގެ ޙަޤީޤަތް ނޭނގުމާއި، މުރުޖިޢާއިންގެ ބާޠިލު ޢަޤީދާގެ ސަބަބުން، އިސްލާމްދީނާއި ސުންނަތުގެ ޢަދުއްވުން ކަމުގައިވާ ޙޫޘީންނަކީ މުސްލިމުންގެ “އަޚުން” ކަމުގައި ބުނެ، އެބައިމީހުންގެ ކުފުރުގެ މައްޗަށް ފަރުދާ އެޅުމަށް ބައެއް މީހުން ދަނީ މަސައްކަތްކުރަމުންނެވެ. މި ލިޔުމަކީ ޙޫޘީންގެ ޙަޤީޤަތް ބަޔާންކޮށްދެއްވައި، ސުންނަތުގެ ބޮޑެތި ޢިލްމުވެރިން ނެރުއްވާފައިވާ ޙުކުމްތައް މީސްތަކުންނަށް ސާފުކޮށްދިނުމަށްޓަކައި ގެނެސްދެވޭ ލިޔުމެކެވެ.

ފޮޓޯއިން ފެންނަ ފަދައިން، “ރާއިފް ބިން ރުޝްދީ” ކިޔާ މީހަކު ވަނީ ޙޫޘީންނަކީ އޭނާގެ “ލޭގެ އަޚުން” ކަމަށް ބުނެ، އެމީހުންނަށް ފާޅުގައި ތާޢީދުކުރާކަން އިޢުލާނުކޮށްފައެވެ. އަދި ޙޫޘީންނަކީ އަހުލުއްސުންނާއާ އެންމެ ގާތް “ޒައިދީން” ކަމަށް ބުނެ މީސްތަކުންނަށް އޮޅުވާލުމަށް މަސައްކަތްކޮށް، ރަސޫލުﷲ ﷺ ގެ އާއިލާ (އަހުލުބައިތުން) ގެ ނަން ބޭނުންކޮށްގެން ކާފިރުންނަށް ތާޢީދުކުރުމަށް ހުއްޖަތް ދައްކާފައެވެ. މިއީ ކަނޑައެޅިގެންވާ ބޮޑުވެގެންވާ މަގުފުރެދުމެކެވެ.
ޞަޙާބީންނަށް ލަޢުނަތްދީ، ޤުރުއާނަށް ފުރައްސާރަކޮށް، ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރާ ބަޔަކީ މުސްލިމުންގެ “އަޚުން” ކަމުގައި ހެދުމަކީ، އީމާންކަމާއި ކުފުރު ވަކިކުރަން ނޭނގޭ މުރުޖިޢާއިންގެ ބާޠިލު ޢަޤީދާއެވެ. ޙޫޘީން ފަދަ ކާފިރު ބަޔަކަށް ތާޢީދުކޮށް، އެމީހުންދެކެ ލޯބިވުމަކީ “އަލްވަލާ ވަލްބަރާ” (މުސްލިމުންދެކެ ލޯބިވުމާއި ކާފިރުންދެކެ ރުޅިއައުން) ގެ ޢަޤީދާ މުގުރިގެންދާނެ ކަމެކެވެ. ޙޫޘީންނަކީ އެމީހުންގެ ހަށިގަނޑު ޔަމަނުގައި ވީނަމަވެސް، އެމީހުންގެ ހިތްތަކާއި ޢަޤީދާ ގުޅިފައިވަނީ އީރާނުގެ ކާފަރު ރާފިޟީންނާއެވެ. އެއީ ޖާހިލުކަމާއި ކުފުރުން ފުރިގެންވާ ބައެކެވެ. ރަސޫލުﷲ ﷺ ގެ އާއިލާގެ ނަސަބަށް ނިސްބަތްވުމަކީ ކާފިރުންނަށް ތާޢީދުކުރުމަށް އޮތް ހުއްޖަތެއް ނޫނެވެ. އަބޫ ލަހަބަކީ ނަސަބުގެ ގޮތުން ރަސޫލުﷲ ﷺ ގެ ބޮޑުބޭބެއެވެ. ނަމަވެސް އޭނާ ވަނީ ނަރަކައިގައެވެ. ޙައްޤު މަގުން އެއްކިބާވެ، ކާފިރުންނާ ބައިވެރިވާނަމަ ނަސަބަކުން ކުރާނެ ފައިދާއެއް ނެތެވެ. މަތީގައިވާ ފޮޓޯއިން ފެންނަ ފަދަ ވާހަކަތަކަކީ ޙޫޘީންގެ ކުފުރު ފޮރުވުމަށްޓަކައި ދައްކާ ބާޠިލު މުރުޖީ ދީން ވެއްޔާ މޮޑޭ ލާދީނީ ވާހަކަތަކެކެވެ. މިކަމުގެ ޙައްޤު ގޮތް އައްޝައިޚުލް ޢައްލާމާ ޢުބައިދުލް ޖާބިރީ (رحمه الله) ގެ މި ބަސްފުޅުން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.
ސުވާލު: ޔަމަނުގައިވާ ޙޫޘީންނަކީ އެންމެންވެސް ރާފިޟީންތޯއެވެ؟ ނުވަތަ އޭގެ ތެރޭގައި ޒައިދީން ވޭތޯއެވެ؟ އެހެނީ ޢިލްމުވެރިން، “ޙޫޘީންނަކީ ކާފިރުންނޭ” ވިދާޅުވާ އަޑު ތިމަންނާއަށް އިވޭތީއެވެ. ފަހެ، އެކަން ތިމަންނާއަށް އޮޅުންއަރައިފިއެވެ.
އައްޝައިޚުލް ޢައްލާމާ ޢުބައިދުލް ޖާބިރީ الشيخ العلامة عُبَيْدُ الجَابِرِيْ رحمه ﷲ ވިދާޅުވިއެވެ.
“ސުބްޙާނަﷲއެވެ! އޭނާއާ ހަމައަށް ދަލީލުތައް ފޯރާފައިވަނިކޮށް، ޙޫޘީންގެ ކާފިރުކަމާމެދު ޝައްކުކޮށްފިމީހާ، ފަހެ އޭނާއަކީ ކާފިރެކެވެ. ކާފިރަކު ކަފީރުނުކުރާމީހާ (އެބަހީ، ކާފިރަކީ ކާފިރެއްކަމަށް ނުބުނާމީހާ) ކާފިރުވެއްޖެއެވެ.
މީގެ މާނައަކީ، މިއިންސާނާއަކީ ކާފިރެއްކަން އޭނާއަށް އެނގި، އަދި އެކަން އޭނާއަށް ފަހުމުވެ، އެހެންނަމަވެސް އޭނާ ކަފީރުނުކޮށްފިނަމަ، ފަހެ، އޭނާ އެމީހާއާ ގުޅިގެންދާނެއެވެ؛ އެއްވެސް ގަދަރެއް ކަރާމާތެއް ނެތި، (އޭނާއަކީވެސް) ކާފިރެކެވެ.
އަދި ޙޫޘީންނަކީ، އެބައިމީހުންގެ ކާފިރުކަން އެނގިގެންވާ ބައެކެވެ. ދުރުގައިވާ މީހާއާއި ގާތުގައިވާ މީހާވެސް އެކަން ދެނެހުރެއެވެ. ޔަމަނުގެ މުސްކުޅި އަންހެނުންނަށްވެސް އެބައިމީހުންގެ ކާފިރުކަން އެނގެއެވެ. ފަހެ ބުއްދިވެރިންނާމެދު ދަންނާނީ ފަހެ ކީކޭތޯއެވެ؟ ޢިލްމުވެރިންގެ ދަރިވަރުންނާމެދު ދަންނާނީ ފަހެ ކީކޭތޯއެވެ؟ ޢިލްމުވެރިންނާމެދު ދަންނާނީ ފަހެ ކީކޭތޯއެވެ؟
އަދި ހަމަކަށަވަރުން ޢިލްމުވެރިންވަނީ މިކަން ވަރަށް ގިނަ ފަހަރުމަތިން ބަޔާންކޮށްދެއްވާފައެވެ.
އެބައިމީހުންގެ ހަށިގަނޑުތައް ޔަމަނުގައި ވީނަމަވެސް، އެބައިމީހުންގެ ހިތްތައް ވަނީ އީރާނުގައިކަން ތިބާއަށް ނޭނގޭތޯއެވެ؟
އެއްވެސް ޖެހިލުންވުމެއް ނެތި ތިމަން ބުނަމެވެ: މަދީނާގައިވާ ރާފިޟީމީހާ، ދިރިއުޅުމާއި އަވަށްޓެރިކަމުގެ ގޮތުން އޭނާގެ ހަށިގަނޑު އަހުރެމެންނާއެކުގައި ވީނަމަވެސް، އޭނާގެ ހިތްވަނީ އީރާނާއި ޢިރާޤުގައިވާ ރާފިޟީންނާއެކުގައެވެ.
އެއްވެސް ގަދަރެއް ކަރާމާތެއް ނެތި ތިމަން އެކަން ބުނަމެވެ. އާނއެކެވެ.”
سُؤَالٌ: هَلِ الْحُوثِيُّونَ فِي الْيَمَنِ كُلُّهُمْ رَافِضَةٌ؟ أَمْ أَنَّ مِنْهُمْ زَيْدِيَّةً؟ لِأَنِّي أَسْمَعُ أَنَّ الْعُلَمَاءَ يَقُولُونَ: “الْحُوثِيُّونَ كُفَّارٌ”، فَأُشْكِلَ عَلَيَّ ذَلِكَ.
الشَّيْخُ الْعَلَّامَةُ عُبَيْدُ الْجَابِرِيِّ رَحِمَهُ اللَّهُ:
“سُبْحَانَ اللَّهِ! مَنْ شَكَّ فِي كُفْرِ الْحُوثِيِّينَ وَقَدْ بَلَغَتْهُ الْأَدِلَّةُ فَهُوَ كَافِرٌ. مَنْ لَمْ يُكَفِّرِ الْكَافِرَ كَفَرَ.
وَالْمَعْنَى أَنَّهُ إِذَا عَرَفَ أَنَّ هَذَا الْإِنْسَانَ كَافِرٌ، وَفَهِمَ ذَلِكَ، وَلَمْ يُكَفِّرْهُ، فَهُوَ يَلْحَقُ بِهِ، كَافِرٌ، لَا كَرَامَةَ عَيْنٍ.
وَالْحُوثِيُّونَ مَعْلُومٌ كُفْرُهُمْ، يَعْلَمُهُ الْقَاصِي وَالدَّانِي، حَتَّى الْعَجَائِزُ مِنَ الْيَمَنِيِّينَ يَعْلَمْنَ كُفْرَهُمْ، فَكَيْفَ الْعُقَلَاءُ؟ كَيْفَ طَلَبَةُ الْعِلْمِ؟ كَيْفَ الْعُلَمَاءُ؟ وَقَدْ بَيَّنَ هَذَا أَهْلُ الْعِلْمِ مِرَارًا كَثِيرَةً.
أَلَمْ تَعْلَمْ أَنَّهُمْ وَإِنْ كَانَتْ أَجْسَامُهُمْ فِي الْيَمَنِ فَقُلُوبُهُمْ فِي إِيرَانَ؟ أَقُولُ، وَلَا أَجِدُ غَضَاضَةً: الرَّافِضِيُّ فِي الْمَدِينَةِ جِسْمُهُ عِنْدَنَا مَسْكَنًا وَجِوَارًا، وَأَمَّا قَلْبُهُ فَهُوَ مَعَ الرَّافِضَةِ فِي إِيرَانَ وَالْعِرَاقِ.
أَقُولُهُ، وَلَا كَرَامَةَ عَيْنٍ. نَعَمْ.”